އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލާމަރުުކަޒީ ނިޒާމުން ޚިދުމަތްދޭނަމަ ހައުސިންގ މިނިސްޓްރީ ބިއްލޫރިޖެހިގެއަށް ބަދަލުކޮށް ހައުސިންގ މިނިސްޓްރީ ހިންގާ އިމާރާތް ސިޓީކައުންސިލު ހިންގަން ދޭންޖެހޭ!

ލާމަރުުކަޒީ ނިޒާމުން ޚިދުމަތްދޭނަމަ ހައުސިންގ މިނިސްޓްރީ ބިއްލޫރިޖެހިގެއަށް ބަދަލުކޮށް ހައުސިންގ މިނިސްޓްރީ ހިންގާ އިމާރާތް ސިޓީކައުންސިލު ހިންގަން ދޭންޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު


މާލެ ސިޓީގައި ލާމަރުުކަޒީ ނިޒާމުން ޚިދުމަތްދޭނަމަ ހައުސިންގ މިނިސްޓްރީ ހިންގުން އެހެން ތަނަކަށް ބަދަލުކޮށް ހައުސިންގ މިނިސްޓްރީ މިހާރު ހިންގާ އިމާރާތް ސިޓީކައުންސިލު ހިންގަން ދޭންޖެހޭކަން ގިނަ ބައަކު ފާހަގަކުރެއެވެ.

ހައުސިންގ މިނިސްޓްރީގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން 90 އިންސައްތަ މަސައްކަތަކީ ސިޓީކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކެވެ. އެ މަސައްކަތްތައް ހައުސިންގ މިނިސްޓްރީއަށް ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ނިންމެވި ނިންމެވުންތަކެއްގެ ސަބަބުންނެވެ.

މާލޭ ސިޓީ ކައުންސިލަކީ ވަރަށް ގިނަ ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭންޖެހޭ ތަނަކަށްވުމުން އަބަދުވެސް ޖާގައިގެ މައްސަލަތައް އޮންނަނީ ކުރިމަތިވެފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އޮންނަނީ ދަތިތައް ކުރިމަތިވެފައެވެ.

ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށް ސިޓީ ކައުންސިލުގެ ޚިދުމަތްތައް ފޯރުކޮށްދޭނަމަ ހައުސިންގ މިނިސްޓްރީން ކުރަންޖެހޭނެ މާގިނަ މަސައްކަތްތަކެއް ނުއޮންނާނެއެވެ. ކުރަންޖެހޭނީ އިދާރީ ބައެއް ކަންކަން އެކަނި ކަމަށްވާތީއެވެ.

މިއުޞޫލުން ބަަލައިފިނަމަ ހައުސިންގ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލް ހިންގާ އިމާރާތްވަނީ އެއްތަން އަނެއް ތަނަށް ބަދަލުކުރަންޖެހިފައިކަން ގިނަ ބައަކު ފާހަގަކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް