އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެސްޓް ޕާކު ސަރަހައްދުގަ "ހުޅުޖެހީ"އެއް ނޫން- ކެންޕޭނު އޮފީހުން ތަކެތި އެންދީ-

ވެސްޓް ޕާކު ސަރަހައްދުގަ "ހުޅުޖެހީ"އެއް ނޫން- ކެންޕޭނު އޮފީހުން ތަކެތި އެންދީ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ރެސްޓޯރަންޓެއް ހިންގުމުގެ ނަމުގައި ހައުސިންގ މިނިސްޓްރީން ކުއްޔަށްދީފައި ހުރި ވެސްޓްޕާކު ރެސްޓޯރަންޓް ސަރަހައްދުގައި ހުރި ރައީސް ޔާމީނުގެ ކެންޕޭނު އޮފީހުން ގިނަ އަދަދެއްގެ ތަކެތި ރޭ ވަނީ އަންދާފައެވެ.

މުލީއާގެއިން ނެރެގެންވެސް ބައެއް ތަކެތި އިއްޔެ ވަނީ އެ ތަނަށް ގެންގޮސްފައެވެ. އަދި ރޭ ވެސް މުލީއާގެއިން ނެރެގެން 2 ލޮރީއެއްގައި ގެންދިއަ ތަކެތީގެ ފަހަތުން ރައްޔިތުންގެ ބައަކު ދާން ފެށުމުން ވަނީ މުލީއާގޭ ވެހިކަލް ގަރާޖަށް ވައްދައިފައެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުޢާޛް ވިދާޅުވެފައިވަނީ މުލީއާގެ އިން ނެރެގެން ގެންދިއައީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުނފުޅުތަކަށް ބޭނުން ކުރެއްވެވި ބައެއް ތަކެތި ކަމަށެވެ.

ވެސްޓް ޕާކް ސަރަޙައްދުގައި ތަކެތި އަންދަން ފެށުމުން ކަމުގެ ހަޤީޤަތް ރަނގަޅަށް ނުއެނގޭ ބައެއް މީހުންނަށް ހީވެފައި އޮތީ އެތަނުގައި ބައަކު ހުޅުޖެހީ ކަމަށެވެ. އަދި އެއީ އިންތިޚާބާއި ގުޅިގެން ހިނގައިދިއަ ކަމެއް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް