އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބީ ރައީސް ޝައިޚް އިމްރާންއާ ބައްދަލުކުރައްވައިފި

އިންތިޚާބީ ރައީސް ޝައިޚް އިމްރާންއާ ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު


އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އާއި ބައްދަލުކުރައްވައިފިއެވެ.

ޢާންމު އެއްވުމެއްގައި ވިދާޅުވި ބަސްފުޅެއް، ގޮއްވާލި ނިޔުކްލިއަރ ބޮމަކަށް ހަދައި ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ކަމަށްބުނެ 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަންދުކޮށް 12 އަހަރުގެ ޖަލު ޙުކުމެއް "އިއްވައި" ބަންދުކޮށްގެން ގެންގުޅޭ ޝައިޚް އިމްރާން އަދި އެމަނިކުފާނުގެ ޢާއިލާ އާއި ރިޔާސީ ކެންޑިޑޭޓް ބައްދަލުކުރެއްވީ ޝައިޚް އިމްރާން ބަންދުކޮށްފައިވާ ފްލެޓުގައެވެ.

އިންތިޚާބީ ރައީސް ޝައިޚް އިމްރާނުގެ ޢާއިލާ އާއި ބައްދަލުކުރެއްވުމުން އަނބިކަނބަލުން ރީމް ވަނީ އެކަމަށް އުފާ ފައުޅުކުރައްވައިފައެވެ.
ޝައިޚް އިމްރާނަކީ ކޯލިޝަން ސަރުކާރުގެ އެންމެ އިސް 4 ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ލީޑަރެވެ.

މަރްޔަމް ރީމް ޓްވީޓް ކުރައްވާފައިވާ މިފޮޓޯ ފެނުމުން ގިނަބައަކަށް ވަރަށް ތަފާތު އަސަރުތަކެއް ކުރާނެއެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް