އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަޖިދަ ޞައްޙަ ނުވާ ނަމާދު ޞައްޙައެއް ނުވާނެ - ސަޖިދައިގަ އަންހެނުންނާ ފިރިހެނުން އަތްބާއްވާނެގޮތް.

ސަޖިދަ ޞައްޙަ ނުވާ ނަމާދު ޞައްޙައެއް ނުވާނެ - ސަޖިދައިގަ އަންހެނުންނާ ފިރިހެނުން އަތްބާއްވާނެގޮތް.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ނަމާދުގެ އެއްވެސް ޙަރަކާތެއްގައި އަންހެނުންނާ ފިރިހެނުންގެ އެއްވެސް ތަފާތެއް ނުވެއެވެ. އަންހެނުންވެސް ސަޖިދައިގައި އޮންނަން ޖެހޭނީ ފިރިހެނުންވެސް އޮންނަ ގޮތަށެވެ. ސަޖިދައިގައި އަތްދަނޑި ނުވަތަ އޮޅަނބޮށި ޖައްސައިގެން އޮތުމަކީ ނަހީވެގެންވާ ގޮތެކެވެ. އެގޮތަށް (އުޅަނބޮށި ޖައްސައިގެން) ސަޖިދަކުރީމާ ސަޖިދަ ސައްޙަ ނުވާނެ ސަބަބަކީ ސަޖިދަ ކުރުމަށް އައިސްފައިވަނީ 7 ގުނަވަން ކަމަށްވާތީއެވެ. އެއީ، 2 އަތްތިލައާއި، 2 ފައިގެ އިނގިލިކުރިއާއި، 2 ކަކޫ އަދި ނިތްކުރިއެވެ.

روى البخاري (812) ومسلم (490) عن ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال : (أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ : عَلَى الْجَبْهَةِ - وَأَشَارَ بِيَدِهِ عَلَى أَنْفِهِ ، وَالْيَدَيْنِ ، وَالرُّكْبَتَيْنِ ، وَأَطْرَافِ الْقَدَمَيْنِ).

މާނައަކީ "7 ގުނަވަންމަތީގައި ސަޖިދަކުރުމަށް އަހަރެންނަށް އަމުރު ކުރެވިގެންވެއެވެ. އެއީ ނިތްކުރި، (އެކަލޭގެފާނުގެ އަތްޕުޅުން ނޭފަތަށް އިޝާރާތް ކުރެއްވެވިއެވެ.) ދެ އަތްތިލަ، ދެ ކަކޫ، އަދި ދެފައިގެ އިނގިލިކުރިތަކެވެ."

މި 7 ގުނަވަނުގެ އިތުރު ގުނަވަނެއް ސަޖިދައިގައި ޖެއްސުމާއި 7 ގުނަވަނަށްވުރެ މަދުން ޖެއްސުމަކީ ސަޖިދަ ޞައްޙަ ނުވާނެ ކަމެކެވެ. ސަޖިދަ ޞައްޙަ ނުވާ ނަމާދު ޞައްޙައެއް ނުވާނެއެވެ.
ފައިތިލައިގެ އިނގިލިތައް ހުންނަންވާނީ ތަޅުމުގައި ޖައްސައި ޤިބުލައަށް ލަންބުވާލައިފައެވެ. ފައިތިލަ ހުންނަ ގޮތަކުން ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ ކުޑަވާ އިނގިލި ފަދަ އިނގިއްޔެއް ނުޖެހުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ހުރިހާ އިނގިލިތަކެއް ޖައްސުވަން މަސައްކަތްކުރަންވާނެއެވެ.

ޝައިޚް ޝާފިޢު، ޑރ. އިޔާޟް


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް