އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބޫ ހުވާ ކުރާ ރަސްމިއްޔާތަށް ރައީސް ނަޝީދު ލަންކާގެ ބޮޑު ވަޒީރަށް ދައުވަތު ދީފި!

އިބޫ ހުވާ ކުރާ ރަސްމިއްޔާތަށް ރައީސް ނަޝީދު ލަންކާގެ ބޮޑު ވަޒީރަށް ދައުވަތު ދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) ރާއްޖޭގެ ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް، އަވަށްޓެރި ޝްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގް އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައުވަތު އަރުވައިފިއެވެ.

ޝްރީ ލަންކާގެ ނޫހެއްގައި އެޤައުމުގެ ބޮޑުވަޒީރުގެ އޮފީހާއި ހަވާލާދީ ބުނެފައިވަނީ ރައީސް ނަޝީދާއި ބޮޑު ވަޒީރު ވިކްރަމް ސިންގް ބައްދަލުގެ އިއްޔެގެ ބައްދަލުވުމުގައި، އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ރައީސް ކަމަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބޮޑު ވަޒީރު ވަޑައިގަތުމަށް ރައީސް ނަޝީދުދައުވަތު އެރުވި ކަމަށެވެ.

ރާއްޖޭގައި މިހާތަނަށްވެސް ލަންކާގެ ވިޔަފާރިވެރިން އިންވެސްޓްކޮށްފައިވާކަން ފާހަގަ ކުރައްވާ ރާއްޖެއަށް ލަންކާއިން އިތުރަށް އިންވެސްޓު ކޮށްދިނުމަށް ވެސް ކުރީގެ ރައީސް ނަޝީދު އެދިވަޑައިގެންފައިވާކަމަށް އެނޫހުގައި ޝާއިއު ކޮށްފައިވެއެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި ވާދަކޮށް، އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

އެކާމިޔާބީއާއި ގުޅިގެން ލަންކާ ބޮޑުވަޒީރު ވަނީ އިބޫއަށް ފޯނުން ގުޅުއްވާ، ރާއްޖެއިން އެދޭ ކޮންމެ ކަމެއް ލަންކާއިން ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބު އިބްރާހިމް މުޙައްމަދު ސޯލިހު ކާމިޔާބު ކުރައްވާފައިވަނީ 134128 (58.4%) ވޯޓުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ