އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް މައުމޫންގެ އާއިލާއާއި އިބޫ ބައްދަލު ކުރައްވައިފި

ރައީސް މައުމޫންގެ އާއިލާއާއި އިބޫ ބައްދަލު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ އާއިލާއާއި އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) މިއަދު ބައްދަލު ކުރައްވައިފިއެވެ.

އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެމްޕޭން ހެޑްއުކާޓަރުގައި އެމަނިކުފާނު ވަނީ ރައީސް މައުމޫންގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމާއި ދަރިކަނބަލުން ޔުމްނާ މައުމޫން އަދި ޔުމްނާގެ ފިރިކަލުން މުޙައްމަދު ނަދީމް އާއި ބައްދަލު ކުރައްވާފައެވެ.

އެބައްދަލުވުމާއި ގުޅޭގޮތުން ޓްވީޓް ކުރައްވަމުން ޔުމްނާ ވިދާޅުވީ، އިންތިހާބީ ރައީސަށް މަރުހަބާ ކިޔާ، ރައީސް މައުމޫނާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ރައީސް މައުމޫން ގޭބަންދަށް ބަދަލު ކުރަން ނިންމާފައިވީ ނަމަވެސް މިހާތަނަށް ވެސް އެކަން ކޮށްފައި ނުވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ޝަރީއަތެއް ބޭއްވިއެވެ. ނަމަވެސް އެމަނިކުފާނަކީ ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ބޭފުޅަކަށް ވުމުން، ކޯޓުން އެމަނިކުފާނު މިނިވަނެއް ނުކުރެއެވެ.

ރައީސް މައުމޫންގެ ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އަދި މިހާތަނަށް އެމައްސަލައިގެ އަޑުއެހުމެއް އެކޯޓުގައި ތާވަލް ކުރެވިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ