އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިހާބު ބާތިލު ކުރުމަށްދަނީ ރާވަމުން- މަހުލޫފް

އިންތިހާބު ބާތިލު ކުރުމަށްދަނީ ރާވަމުން- މަހުލޫފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރާވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީން ހުންނެވީ ބަލި ޤަބޫލު ކުރައްވައިގެން ނޫން ކަމަށާއި ރީތިކޮށް ކަންކަން ކުރިއަށް ގެންދަން އުޅުން ކަމުގައިވިޔަސް އެމަނިކުފާނު ހުންނެވީ މަސްލަހަތު ގެއްލުވާލާ ގޮތަށް ކަމަށެވެ.

އޭގެއިތުރުން ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރާވަމުންދާ ކަމަަށް ވެސް މަހުލޫފް ވިދާޅުވިއެވެ.

އެފުރުސަތު ނުދެއްވުމަށް ފުލުހުންނާއި ސިފައިން، އަދި އިލެކްޝަންސް ކޮމިޝަނާއި ސުޕްރީމް ކޯޓަށް މަހުލޫފް ގޮވާލާފައިވާއިރު، ރައްޔިތުން ސަމާލުވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.





މަހުލޫފްގެ އިތުރުން އެމްޑީޕީގެ އެކްޓިސްޓެއް ކަމަށްވާ ތޮއްޔިބު ވެސް ވަނީ، އިންތިހާބީ ރައީސް އަށް ބަޔަކު ގޮތެއް ހަދަން އުޅޭ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. އޭނާ ބުނެފައިވަނީ ޕީޕީއެމް އަށް ނިސްބަތްވާ ބަޔަކު ކޯލިޝަން ކެމްޕޭނު އޮފީހާއި އެމްޑީޕީ އޮފީހާއި، ކުނޫޒުގައި ގިނަ އަދަދެއްގެ އައިޑީކާޑު ފޮރުވައި، އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް ގޮތެއް ހަދަން މަސައްކަތް ކުރާ ކަމަށެވެ.




Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ