އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުނާމީ އެރުމާއި ގުޅިގެން އިންޑޮނޭޝިއާއިން ގާތްގަނޑަކަށް 400 މީހުން މަރުވި

ސުނާމީ އެރުމާއި ގުޅިގެން އިންޑޮނޭޝިއާއިން ގާތްގަނޑަކަށް 400 މީހުން މަރުވި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

އިންޑޮނޭޝިއާގެ ރަށެއް ކަމުގައިވާ ސުލަވޭސީ އަށް އިއްޔެ އެރި ސުނާމީ އާއި ގުޅިގެން އެޤައުމުން ގާތްގަނޑަކަށް 400 މީހުން މަރުވިކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިންޑޮނޭޝިއާ ގެ ޕާލޫ ސިޓީއަށް އިއްޔެ އެރި ބިންހެލުމާއި ގުޅިގެން ވެސް އެތައް ބަޔަކު ޒަޚަމްވި ކަމަށާއި، ހޮސްޕިޓަލުތައް ފުރިބާރުވި ކަމަށާއި، މިދެކާރިސާއަށް ބަލާއިރު ޒަޚަމްވެ މަރުވި މީހުންގެ އަދަދު 384 އަށް އަރާފައިވާ ކަމަށް އެޤައުމުގެ ނޭޝަނަލް ޑިޒާސްޓާ އޭޖެންސީ އިން ރިޕޮޓު ކޮށްފައިވެއެވެ.

މަރުވި މީހުންގެ އަދަދު އެވަރަށް އަރާފައިވާއިރު މިކާރިސާގައި މިހާރުވެސް ގާތްގަނޑަކަށް 540 ވަރަކަށް މީހުން ޒަޚަމްވެފައިވާކަމަށް ވެސް އެއޭޖެންސީއިން ބުނެފައިވެއެވެ.

މީގެއިތުރުން ސުނާމީ އެރުމުގެ ކުރިން، އެސަރަޙައްދުގައި ބީޗު ފެސްޓިވަލެއް ބޭއްވުމަށް ތައްޔާރު ކުރަމުން ދިޔަ ބަޔަކު ގެއްލިފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަަމަށާއި، ސުނާމީ އަރާ ނިމުންއިރު 350،000 އެއްހާ މީހުން އޮޔާއެކު ގޮނޑުދޮށަށް ލައްގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ