އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަހޫދީ ސިފައިން ފަލަސްޠީނުގެ 3 މީހުން ޝަހީދުކޮށް، 126 މީހުންގެ ގައަށް ބަޑިޖަހައިފި- 376 މީހުން ޒަޚަމްކޮށްލި!

ޔަހޫދީ ސިފައިން ފަލަސްޠީނުގެ 3 މީހުން ޝަހީދުކޮށް، 126 މީހުންގެ ގައަށް ބަޑިޖަހައިފި- 376 މީހުން ޒަޚަމްކޮށްލި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު

ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ހޯދަން އެތައް ހާސް ބައަކު އިއްޔެ ނުކުމެ އަޑު އުފުލައި ކުރި މުޒާހަރާއެއްގެ ތެރެއަށް ޔަހޫދީ ސިފައިން ބަޑިޖަހައި 3 މީހުން ޝަހީދުކޮށްލައިފިއެވެ. މީގެ އިތުރުން 126 މީހެއްގެ ގައަށް ބަޑިޖެހުމުން 7 މީހެއްގެ ހާލަތު ވަރަށް ސީރިއަސްވެފައިވާއިރު ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި 376 މީހުން ވަނީ ޒަޚަމްވެފައެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ 14 އަހަރުގެ ފަރެސް ހާފިޒް އާއި 24 އަހަރުގެ މަޙްމޫދު އަކްރަމް ޝަހީދުކޮށްލާފައިވަނީ ސީދާ މެއަށް ބަޑި ޖަހައިގެންނެވެ. 28 އަހަރުގެ ޙުސައިން އަލްރައްކާބް ޝަހީދުކޮށްލާފައިވަނީ ބޮލަށް ބަޑިޖަހައިގެންނެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ވަނީ ފާއިތުވި 2 މަހެއްހައި ދުވަހުގެ ތެރޭގައި ހަތިޔާރާއި ބަރު ވެހިކަލްތައް ހިފައިގެން ފަލަސްޠީނުގެ ސަރަހައްދުތަކަށް އަރައި 3 އަވަށަކުން މީހުން ބާލައި ހުސްކުރުވުމަށްފަހު ގެތައް ތަޅާލައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް