އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިޑްނީ ފެއިލްވެފައިވާ އުމުރުން އެންމެ ނުވަ އަހަރުގެ ސައީދާއަށް ހެޔޮ ދުޢާ ކުރަމާ

ކިޑްނީ ފެއިލްވެފައިވާ އުމުރުން އެންމެ ނުވަ އަހަރުގެ ސައީދާއަށް ހެޔޮ ދުޢާ ކުރަމާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

އިންޑިއާއަށް އުފަން، އުމުރުން އެންމެ ނުވަ އަހަރުގެ ސައިދާ ރަފީޔާ އަކީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖެކެވެ. ކްލާހުން އެންމެ މަތީ ވަނަ ހާސިލު ކުރަމުން ދިޔައިރު ތަފާތު އެކި ކަހަލަ ޕަޒްލް ހެދުމަށްވެސް ސައީދާ ވަރަށް މޮޅެވެ.

ކިޔެވުމުގެ އިތުރުން ސައީދާ އަކީ ނުހަނު ކިޔަމަންތެރި، އޭނާގެ މައިންބަފައިންނަށް ވަރަށް އެހީތެރިވަމުން ދިޔަ ކުއްޖެކެވެ. މައިންބަފައިން ގޭގައި ނުހުންނަ ވަގުތު އޭނާގެ ކޮއްކޮ ރީއާން ބެލުމުގެ ޒިންމާ ވެސް ސައީދާ އުފުލިއެވެ.



ސައީދާގެ ދިރިއުޅުން ބަދަލުވީ މިދިޔަ ހަފްތާގައެވެ. ދައްތަ ސާދިޚާ އާއެކު ސްކޫލަށް ދާން ތައްޔާރުވަނިކޮށް ކުއްލިއަކަށް ނޭވާހާސް ވެގެން އޭނާ ވެއްޓުނެވެ. ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހެދުމުން ޑޮކްޓަރުން ބުނީ ސައީދާގެ ކިޑްނީ ފެއިލްވެފައިވާ ކަމަށާއި ވީއެންމެ އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހޭ ކަމަށެވެ. އެކަމަށް ނުހަނު ގިނަ ފައިސާ ބޭނުންވާތީ، ސައީދާގެ މައިންބަފައިންގެ މާލީހާލަތު ތަން ނުދިނުމުގެ ސަބަބުން އެއޮޕަރޭޝަން އަދި ހުރީ ނުކުރެވިއެވެ.



ސައީދާއަށް ޖެހިފައިވާ ހާލާމެދު އޭނާގެ މައިންބަފައިން އެމީހުންގެ އަމިއްލަ ނަފްސު ކުށްވެރި ކުރެއެވެ. އެމީހުން ބުނިގޮތުގައި ސައީދާ އެދުވަހު ވެއްޓުމުގެ ހަފްތާއެއްވަރު ކުރިން އައީ ބަލިވަމުންނެވެ. ނުހަނު ހަލަނިކޮށް އުޅެމުން އައި ސައީދާ، ވަރަށް އަވަސް އަވަހަށް ވަރުބަލިވަމުން ދިޔަ ކަމަށާއި ފަހަކަށްއައިސް އޭނާއަށް ކުޅެން ވެސް އިނދެވެނީ ގާތްގަނޑަކަށް އެންމެ 30 މިނެޓު ވަންދެން ކަމަށް އޭނާގެ މައިންބަފައިން ބުންޏެވެ.

ނަމަވެސް އެމީހުން ހީކުރީ، ސައީދާ އަށް އެހެން ވާން ފެށީ އޭނާގެ ގައިގައި ވިޓަމިނެއް މަދުވުމުން ކަމަށެވެ. އެހެންކަމުން ބެންގަލޫރުގައި ހުންނަ ޑޮކްޓަރަކަށް ދައްކާ އެކަމަށް ބޭސް ހޯދި ކަމަށް އެމީހުން ބުންޏެވެ.

އެބޭސްތައް ކެއުމުން ވެސް ސައީދާގެ ބަލިހާލަތު ރަނގަޅު ނުވިކަމަށާއި އޭގެ ފަހުން ކެއްސަން ވެސް ފެށިކަމަށް އޭނާގެ މައިންބަފައިން ބުންޏެވެ. އޭގެފަހުން ނުހަނު ގިނަ ޑޮކްޓަރުންނަށް ދެއްކުނު ނަމަވެސް ސައީދާއަށް އަސްލު ދިމާވެގެން އުޅެނީ ކޮންކަމެއްކަން ދެނެގަނެވުނީ އޭނާ ވެއްޓުނު ފަހުން ކަމަށް އެމީހުން ބުނެއެވެ.

ސައީދާ ވެއްޓުނު ދުވަހު އޭނާއަށް ނޭވާ ވެސް ނުލެވުމުން ބެންގަލޫރުގައި ހުންނަ ހޮސްޕިޓަލަކަށް ވަގުތުން ގެންދެވުނެވެ. ހާލު ވަރަށް ދެރަވެފައި އޮތުމުގެ ސަބަބުން އައިސީޔޫގައި އެޑްމިޓުކޮށް ވެންޓިލޭޓަރ ވެސް ގުޅިއެވެ. ސައީދާގެ ކިޑްނީ ފެއިލްވެ ހަށިގަނޑުގެ އެތެރޭގައި އެސިޑު ގިނަވުމުގެ އިތުރުން އޭނާގެ ހިތަށާއި ފުއްޕާމެއަށް ވެސް ވަނީ އަސަރު ކޮށްފައެވެ. އަދި ކުއްލިގޮތަކަށް އޭނާގެ ޑައިލިސިސްވެސް ވަނީ ހަދާފައެވެ.

ކިޑްނީ ފެއިލްވުމުގެ ސަބަބުން ސައީދާގެ މޫނުމަތި މުޅިން ދުޅަވެ، ސިފަ ވެސް ވަނީ ބަދަލުވެފައެވެ.

"ސައީދާގެ މޫނު ދުޅަވެފަ ހުރިވަރުން އޭނާގެ ސިފަ ހުރީ ބަދަލުވެފަ. ބައެއް ފަހަރު އޭނާ ލޯހުޅުވާފަ، ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރޭ. އެކަމަކު ހޮޅިތައް ގުޅާފަ ހުރީމަ އޭނާއަށް ވާހަކަ ނުދެއްކޭ. އޭނާ ބުނަން އުޅެނީ ކީކޭތޯ އެހުމުން އޭނާގެ ދެލޮލުން ކަރުނަ ފައިބާ. އަހަންނަށް އިނގޭ އޭނާއަށް ރޮވެނީ އޭނާއަށްވާ އުނދަގޫތައް ނުބުނެވޭތީކަން." ސައީދާގެ މަންމަ ޔާސްމިން ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ކަތީބު 2018-10-07 00:00:33

މާތްﷲ ސައީދާއަށް އަވަސް ޝިފާއެއް ދެއްވާށި. އާމީން

ކަތީބު 2018-10-07 00:00:36

މާތްﷲ ސައީދާއަށް އަވަސް ޝިފާއެއް ދެއްވާށި. އާމީން


މަރިޔަމް ވަހީދާ