އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ ތިންމަސް!

ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ ތިންމަސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ޤައުމީ ފުޓުބޯޅަ ޓީމަށް މުސާރަ ނުދޭތާ ތިންމަސް ވެއްޖެ ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ސާފު ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ނަގާ، ރަންތަށްޓާއެކު ޤައުމީ ޓިމް ރާއްޖެ އައީ މިދިޔަ ރިޔާސީ އިންތިޙާބުގެ ކެމްޕެއިން ތެރޭގައެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބީ ހޯދުމުން ބޯނަސް ދޭން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 35،000ރ. ދޭން ޖެހެ އެވެ. އަދި އެފްއޭއެމުން ވެސް ފައިނަލަށް ދިއުމުންނާއި ތަށި ހޯދުމުން ވަކިވަކި ބޯނަސްތަކެއް ދޭން ވައުދުވި ކަމަށް ކުޅުންތެރިން ބުނެ އެވެ. މީގެ އިތުރުން ޗެމްޕިއަންކަން ހޯދުމުގެ ލިބުނު އިނާމް ފައިސާ ކަމަށްވާ 50،000 ޑޮލަރު (771،000ރ.) ގެ ތެރެއިން ވެސް ބައެއް، ކުޅުންތެރިންނަށް ދޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް، މުސަރައިގެ އިތުރުން ބޯނަސްވެސް އަދި އެ ކުޅުންތެރިންނަށް ނުލިބެއެވެ. މިކަމާ ގުޅޭގޮތުން ސުވާލުކުރުމަށް މިއަދުނޫހުން އެފްއޭއެމްއަށް ތަކުރާރުކޮށް ގުޅައިގެންވެސް ފޯނަށް ޖަވާބެއް ލިބޭގޮތެއް ނުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް