އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެރިކަމުގެ ބޮޑުން، ފަނޑިޔާރުންނާމެދު ޝައްކު އުފެއްދުވުން ހުއްޓާލާ!

ވެރިކަމުގެ ބޮޑުން، ފަނޑިޔާރުންނާމެދު ޝައްކު އުފެއްދުވުން ހުއްޓާލާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ކޮންމެ އަގެއްގައި ނަމަވެސް ސަރަހައްދުގައި ނެތްވަރުގެ ފެންވަރު ރަނގަޅު ރަންވޭއެއް ލިބިއްޖެއެވެ. ސަރަހައްދުގައިވެސް ސަރުކާރެއްގެ ހޮސްޕިޓަލް 25 ބުރިއަށް އުފުލާފައި ހުއްޓައެއްވެސް ނުފެނެއެވެ. ހަމަ ގައިމު މިހައި ފުން ކަނޑެއްގައި ބްރިޖެއްވެސް އަޅައިފައެއް ނުވެއެވެ.

މިހުރިހައި ކަމެއް ކުރި ސަރުކާރަށް ވެރިކަން ކުރަން ރައްޔިތުން ދިނީ ހަމަ އެންމެ ފުރުޞަތެކެވެ. ދައުރުގެ މެދުތެރެއިން ފެށިގެން ހޯހޯ ގޮވަމުން ގޮސް ވޯޓުކަރުދާސްކޮޅު ހަމަ އަތަށް އެރުމާއިއެކު ރައްޔިތުން މިވަނީ ބޮޑުތަނުން ނޫނެކެވެ ބުނެ ރަތްކާޑު ދައްކައިފައެވެ.

އެންމެ ބޮޑު ސަބަބަކީ މިހުރިހާ "ތަރައްޤީ" ގެނައި އިރުވެސް އަދުލުވެރިކަމުގެ ކުނޑިފަށެއްވެސް ސަރުކާރުގައި އޮތްކަމަށް ރައްޔިތުންގެ ގިނަ ބައަކަށް ޤަބޫލު ނުކުރެވުން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. އެގޮތައް ބުނަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ.

ޕީޕީއެމަށްޓަކައި ޖާނު ދެމުންދިއަ މީހަކު މިރޭ ކުރި ޓްވީޓެއްގައިވެސް ހާމަކޮށްފައިވަނީ ވަރަށް ބިރުވެރި ޗެޓްލޮގެކެވެ. ޕީޕީއެމްގެ ވައިބަރ ގްރޫޕެއްގެ ޗެޓް ލޮގް ކަމަށް ބުނާ އެ ޗެޓްލޮގުގައި ބުނަނީ "މައްސަލަ ދަނީ ބަރާބަރަށް، ހާސް ނުވޭ އެއްވެސް ކުއްޖެއް. ފަނޑިޔާރުން ތިބީ ރައީސްގެ އަތްދަށުގަ. އެހެންވީމާ މިބުނީ އޯކޭ އުފާވެރި ޚަބަރު ލިބޭނެ ވަރަށް އަވަހަށް."

މެންބަރުންގެ ހިތްހަމަޖއްސައިލަދޭން ނަމަވެސް ފަނޑިޔާރުންނާއި ގުޅުވައިގެން މިފަދަ ބަސްތައް ބުނާނަމަ އެކަންވާނީ ފަނޑިޔާރުންގެ އިތުބާރު ނަގައިލުމަށެވެ. ފަނޑިޔާރުންނާއިމެދު ޝައްކު އުފެއްދުވުން ކަމަށެވެ. މިފަދަ ކަމެއް ސާބިތު ކުރެވިއްޖެނަމަ ބޮޑެތި އަދަބުތައްވެސް ވަނީ ކަނޑައެޅިފައެވެ.

މިފަހަރުގެ މުޅި އިންތިޚާބަށް ބެލި ނަމަވެސް ރައްޔިތުން ވޯޓުދިނީ އިންޞާފަށެވެ. އިންޞާފު ޤާއިމުކުރުމަށް އެދިއެވެ. ރައްޔިތުންގެ ގިނަ ބައަކު ބުނަމުން އައީ އެހެން އެއްވެސް ކަމެއް ނުލިބުނު ނަމަވެސް އިންޞާފު ބޭނުން ކަމަށެވެ. ކޯލިޝަނުގެ އެންމެ ބޮޑު ވައުދަކީވެސް އިންޞާފު ޤާއިމުކޮށްދިނުމެވެ.

ފަނޑިޔާރުން ތިބެނީ ވެރިމީހާގެދަށުގައި ކަމަށްވާނަމަ ދުވަހަކުވެސް އިންޞާފެއް ނުލިބޭނެއެވެ. އެހެން ކަމުން ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކުރެވެންޖެހެއެވެ. ފަނޑިޔާރުގެތަކުން އިންޞާފު ލިބޭނެކަމުގެ އުންމީދެއްވެސް ލިބޭނީ އެކަން ކުރެވިގެންނެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް