އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދާ ބެހޭ މުހިންމު ބައެއް ސުވާލާ ޖަވާބު

ނަމާދާ ބެހޭ މުހިންމު ބައެއް ސުވާލާ ޖަވާބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ސުވާލު: ރާއްޖޭގަ ހުކުރު ނަމާދަށް 2 ބަންގި ދޭތީ ކަމަށް ބުނެ ހުކުރަށް ނުދިއުމުގެ ޙުކުމަކީ ކޮބައިތޯ؟

"2 ބަނގި ގޮވުމަކީ ހުކުރު އެޅުމަށް (ނުކުރުމަށް) ލިބޭ އުޒުރެއް ނޫނެވެ. ހުކުރު ނުކުރުމަކީ ބޮޑު ފާފައެކެވެ. ކަނޑައެޅިގެން ގޯސް ކަމެކެވެ." ޝައިޚް ޝަފީޢު ޢަބްދުﷲ

ސުވާލު: ލޯގަނޑު ހަރުކޮށްފަ ހުންނަ އަލަމާރި ކުރިމަތީ ނަމާދުކުރަން ހުންނައިރު ލޯގަނޑުން އަމިއްލަ ސޫރަ ފެންނަން ހުރުން އެއީ ކޮންކަހަލަ ކަމެއްތޯ؟

"މައްސލައެއް ނޫން" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ސުވާލު: އިންސާނުންގެ ފޮޓޯ ނޫން ކާޓޫނު ފޮޓޯ ހިއްޕާފަ ހުންނަ ކޮޓަރިއެއްގަ ނަމާދުކުރުމުން ނަމާދު ޞައްޙަވާނެތޯ؟

"ނަމާދު ޞައްޙަވާނެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެ ނޫން ތަނެއްގައި ނަމާދުކުރުން." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ސުވާލު: ފަރުޟު ނަމާދުކުރާއިރު ރަވާތިބު ސުންނަތުގެފަހުން އަތްއުފުލައިގެން ދުޢާ ކުރެވިދާނެތޯ؟ މިސާލަކަށް މަޣްރިް، ޢިޝާ ނަމާދުގެ ފަހުގައި ކުރާ ސުންނަތް ނަމާދަށްފަހު.

"ރަވާތިބު ސުންނަތަށްފަހުގައި އަތް އުފުލައިގެން ދުޢާ ކުރެވިދާނެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް