އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑު ރަސްމިއްޔާތާއެކު ބޮޑު ބޯޓުގައި ގެނައި ކުޅުންތެރިންނަށް މުސާރަ ނުދީ ތިންމަސް!

ބޮޑު ރަސްމިއްޔާތާއެކު ބޮޑު ބޯޓުގައި ގެނައި ކުޅުންތެރިންނަށް މުސާރަ ނުދީ ތިންމަސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ސާފް ސުޒުކީ ކަޕް 2018ގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދިތާ މިހާރު އެވަނީ މަހެއް ފާއިތުވެގެން ގޮސްފައެވެ.

ކުޅުންތެރިން ރާއްޖެ ގެނައީ ދުނިޔޭގެ އެންމެ ބޮޑު މާސިންގާ ބިޔަ ފްލައިޓު އޭ 380 ގައެވެ. ބޯޓު ލޭންޑުކުރީ މުޅިން އައު ރަންވޭއެއްގައެވެ. މާލެ އައީ އައު ބުރިޖެއް މަތިން '' ރޫސް '' ކަނޑާލާފައެވެ. އެދުވަހު އެއާރޕޯޓުން ފެށިގެން މުޅި މާލޭ އޮތީ ރަތްކުލައިން ފުރިފައެވެ.

އެދުވަހު ޤައުމީ ޓީމަށް ސަރުކާރުން ޤައުމީ ބަޠޮލުންގެ ދަރަޖަ ދިނެވެ. ޤައުމުގެ އެންމެ ބޮޑު ފަޚުރު ކަމުގައިވެސް ބުނެ އިއުލާނުކުރިއެވެ. ސެލްފީތައް ހާހުން ނަގައި ސޯޝަލް މީޑިއާގައި ޢާންމުކުރިއެވެ.
ދިވެހި ރައްޔިތުން ޓީމަށް އޮތް ލޯބި ދައްކައި ދިނެވެ. އެ ކުޅުންތެރިންގެ އަގު ވަޒަން ކޮށްދިނެވެ.

ނަމަވެސް، މިއަދު ދައްކަން މިއޮތީ ހިތާމައިގެ ކޮޅެއް ނެތްކަމުގެ ވާހަކައެކެވެ. ޤައުމަށް ރީތި ނަން ހޯދައިދިން މި ޝަރަފުވެރިންގެ އަގު އެފްއޭއެމް އާއި ދިވެހި ސަރުކާރަށް އަދާ ނުކުރި ވާހަކައެވެ. ނުވިތާކަށް އެކުޅުންތެރިންނަށް ހައްޤު މުސާރަ ނުދޭތާ ތިން މަހަށްވުރެ ގިނަ ދުވަސްވީވާހަކައެވެ. މުސާރަ އާއި ބޯނަސް ޖަމާކޮށްދޭން ބުނާ "އަންނަ ހަފްތާ" ނައިސް މަސްތައް ހުސްވަމުންދާ ވާހަކައެވެ.

ބޯނަސް ފައިސާ ވެސް ދޭން ސަރުކާރާއި އެފްއޭއެމް އިން ވައުދުވިއެވެ. އެހެންނަމަވެސް ކުޅުންތެރިން ބުނީ ތަށި ހިފައިގެން ރާއްޖެ އައުމުން ރައީސް ޔާމީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމާ ބައްދަލުކޮށް ވިދާޅުވީ، "ދިވެހި ބަހުން ޝުކުރިއްޔާ، ޢަރަބި ބަހުން ޝުކުރިއްޔާ، އިނގިރޭސި ބަހުން ތެންކިއު" ކަމަށެވެ. ބޯނަސްގެ ވާހަކައެއް އެމަނިކުފާނު ނުދައްކާ ކަމަށް އެ ކުޅުންތެރިންގެ ދުލުން މިއަދު ބުނަން ޖެހިފައިވުމުން ހަމަ "ޝުކުރިއްޔާ ރައީސް ޔާމީން!" ދެންނެވުން ނޫން ގޮތެއް ހަމަ ނެތްތާއެވެ!

ކޮންމެ ފަހަރަކު ބޯނަސް ނުވަތަ މުސާރައިގެ ވާހަކަ އޮޅުން ފިލުވަން މަސައްކަތް ކުރުމުން އަންނަ ހަފްތާގައި ނުވަތަ މާދަމާ ވާނެ ކަމަށް ބުނެ ދިގުދަންމަނީ އެވެ. އެ މާދަމަ އަންނާނެ ބާއެވެ؟

މިއަދު އެކުޅުންތެރިންގެ އާދޭހަކީ ނުލިބި އޮތް މުސާރަ ލިބުމެވެ. ޔަޤީންވެ ފަހުމުވާ އެއްޗަކީ މި ތަށްޓައްވުރެ ސަރުކާރަށް މުހިއްމުވީ އައު ރަންވޭ ހުޅުވުމެވެ. މުޅިން އަލަށް ބޮޑު ބޯޓެއް ޤައުމީ މައި ވައިގެ ބަނަދަރުގައި ޖެއްސުމެވެ. ރައީސް ޔާމީނުގެ ރިޔާސީ ކެންޕޭނަށް ކުޅުންތެރިން ބޭނުންކޮށްލުމެވެ. "ޝުކުރިއްޔާ ރައީސް ޔާމީން '' އޭ ކިޔާ އަޑުން ޤައުމު ގުގުމައިލުވުމެވެ.

ނަމަވެސް، ހަޤީޤަތް މިއޮތީ ހާމަވެފައެވެ. ކުޅުންތެރިން ބަނޑަށް ތިންމަސް ބައިތިއްބައިވެސް ބާރަށް އަތްޖަހާފައި، ކިޔަންވީ "ޝުކުރިއްޔާ ރައީސް ޔާމިން " އެވެ. ރައީސް ޔާމިނަށް ހަމަ ވަރަށް ބޯކޮށް ޝުކުރެވެ. އަދި އެފްއޭއެމްއަށް ވަރަށް ހެޔޮ ދުޢާ ސަލާމްއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް