އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވަނަ ފަހަރަށް ބަލި ޤަބޫލު ކުރައްވައިފި، މިފަހަރުވެސް އިޙްތިރާމެއްތޯ؟

ދެވަނަ ފަހަރަށް ބަލި ޤަބޫލު ކުރައްވައިފި، މިފަހަރުވެސް އިޙްތިރާމެއްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ރިޔާސި އިންތިޙާބު ނިމުމުން ރައީސް ޔާމިން ވަނީ ބަލި ޤަބޫލުކޮށް، އިންތިޙާބީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙްއާ ބައްދަލުކޮށް މަރުހަބާ ދަންނަވާފައެވެ.

ނަމަވެސް، ފަހުން ވަނީ ވޯޓު އޮޅުވާލިކަމަށް ތުހުމަތުކޮށް، އިންތިހާބު ބާތިލު ކުރުމަށް ސީދާ ރައީސް ޔާމިންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ. މި މައްސަލައިގެ ހުރިހާ އަޑުއެހުމެއް ނިމިފައިވާ އިރު، ރައީސް ޔާމިންގެ ފަރާތުން ވަކާލާތު ކުރެއްވި ޤާނޫނީ ވަކީލަކު ވިދާޅުވީ ރައީސް ޔާމިން ބަލި ޤަބޫލުކުރެއްވީ ކުރެއްވި އިހުތިރާމެއްގެ ގޮތުން ކަމަށެވެ.

އެއަށްފަހު މި އިވުނީ އަޖައިބެއް ކަހަލަ ވާހަކައެކެވެ. ދައުރު ހަމަވުމާއި ގާތަށް އައުމުން ޤައުމާ މުހާތަބު ކުރައްވާ މިއަދު ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނަށް ވޯޓުލީ 96000 މީހުނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ވޯޓު ނުލާ ފަރާތްތަކަށްވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި މޭރުމުން ރައީސް ޔާމިން މިހެން ވިދާޅުވުމަކީ އަނެއްކާވެސް ބަލި ޤަބޫލުކުރިކަން ހާމަވާ ކަމެކެވެ.

ވީއިރު މިފަހަރުވެސް މިއީ އިޙްތިރާމެއް ތޯ ސުވާލު އުފެދެއެވެ. ނޫން ހެއްޔެވެ؟

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް