އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީނަށް ވޯޓުލުމަށް ކޯޓު އަމުރެއް ނެރެގެން އިންތިޚާބެއް ބޭއްވި ނަމަވެސް ރައްޔިތުންގެ ގިނަ ބައަކު އެމަނިކުފާނަށް ވޯޓު ނުލާނެ: ޑރ. ޙުސައިން

ރައީސް ޔާމީނަށް ވޯޓުލުމަށް ކޯޓު އަމުރެއް ނެރެގެން އިންތިޚާބެއް ބޭއްވި ނަމަވެސް ރައްޔިތުންގެ ގިނަ ބައަކު އެމަނިކުފާނަށް ވޯޓު ނުލާނެ: ޑރ. ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

އިންތިޚާބެއް ބާއްވައި ރައީސް ޔާމީނަށް ވޯޓުލުމަށް ކޯޓު އަމުރެއް ނެރުނު ނަމަވެސް ރައްޔިތުންގެ ގިނަ ބައަކު އެމަނިކުފާނަށް ވޯޓު ނުލާނެ ކަމަށާއި އެހެންކަމުން ކޯޓަކަށް ވަޑައިގެން އެފަދަ އަމުރެއް ނެރުވި ނަމަވެސް ރައްޔިތުން ތާއީދު ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ޖޭޕީގެ ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޑރ. ހުސައިން ވިދާޅުވީ ކިތަންމެ ތަނަވަސް އަދި ބާރާއި ނުފޫޒު ހުރި މީހަކަށް ނަމަވެސް ރައްޔިތުންގެ ވޯޓު ލިބޭނީ ރައްޔިތުންގެ ލޯބި ލިބިގެން ކަމަށާއި ރައްޔިތުންގެ ލޯބި ހޯދުމަކީ ކޮންކްރީޓއ މެޝިނުން ހިލައާއި ހިލަވެއްޔާއި ސިމެންތި އެއްކޮށްގެން "ކޮންކްރީޓް މިކްސް" ނެރޭ ގޮތަށް ހޯދޭ އެއްޗެއް ނޫން ކަމަށެވެ.

ނިމިގެންދިއަ ރިޔާސީ އިންތިޚާބާއި ގުޅިގެން ރައީސް ޔާމީނު ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ޑރ. ޙުސައިން ވިދާޅުވީ މައްސަލައަށް ބައްލަވާއިރު ތުހުމަތަކަށް ފުދޭވަރުގެ ކަމެއްވެސް ހުށަހަޅާފައި ނުވާ ކަމަށާއި މުޅި މައްސަލަ ބިނާކޮށްފައިވަނީ ހަމައެކަނި ރައީސް ޔާމީނަށް ކުރެއްވޭ ހީފުޅުތަކެއްގެ މައްޗަށް ކަމަށެވެ. ޝައްކާއި ވަހުމްތަކއްގެ މައްޗަށް ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބޭނެ ކަމަށް ކޯލިޝަނުން އަންދާޒާކުރަމުން އައީ 30 % ކަމަށާއި 41 ލިބޭނެ ކަމަށް ޤަބޫލު ކުރައްވަން ދަތި ކަމަށެވެ. އަދި ޤަބޫލު ނުވެސް ކުރެއްވޭ ކަމަށެވެ. ނަމަވެސް ވޯޓުގެ ނަތީޖާ އެގޮތަށް ދެއްކުމުން މިހާރު ހުންނެވީ އެކަން ޤަބޫލު ކުރައްވައިގެން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް