އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަކި މީހަކަށްވީތީ އިންޞާފުގެ ކުރިމައްޗަށް ޙާޒިރު ނުކުރެވި ދޫކުރެވިގެން ނުވާނެ: ޝައިޚް އަނީލް

ވަކި މީހަކަށްވީތީ އިންޞާފުގެ ކުރިމައްޗަށް ޙާޒިރު ނުކުރެވި ދޫކުރެވިގެން ނުވާނެ: ޝައިޚް އަނީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ވަކި މީހަކަށްވީތީ އިންޞާފުގެ ކުރިމައްޗަށް ޙާޒިރު ނުކުރެވި ދޫކުރެވިގެން ނުވާނެކަމަށް އައްޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ޝައިޚް އަނީލް ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނާއި އެހެން ޖަރީމާތައް ތަޙްޤީޤް ކުރެވި ކުށްވެރިވާނަމަ އަދުލުވެރިކަމާއިއެކު ކޮންމެ މީހަކަށް ނަމަވެސް ޙައްޤު އަދަބު ދެވެން ޖެހޭނެ ކަމަށެވެ.

މިވާހަކަފުޅާއިއެކު "ވައްކަން ކުރުމުން ބޮޑުން ދޫކޮށްލައި ނިކަމެތިންގެ އަތް ކެނޑުމުން އިސްވެ ދިއަ އުންމަތްތައް ﷲ ތަޢަލާ ހަލާކުކުރައްވަވާފައިވާ ކަމަށް ވިދާޅުވެ ރަސޫލާ (ޞޢވ) އެންމެ ލޯބިފުޅުވާ ދަރިކަނބަލުން ފާޠިމަތުގެފާނު ނަމަވެސް ވައްކަން ކުރައްވައިފި ނަމަ އަތްޕުޅު ކަނޑުއްވަވާނެ ކަމަށް" ރަސޫލް (ޞޢވ) ބަޔާން ކުރެއްވިކަމުގެ ވީޑިއޯ ޝައިޚް އަނީލް ވަނީ ޓްވީޓް ކުރައްވައިފައެވެ.

"ވަކި މީހަކަށްވީތީ އިންޞާފުގެ ކުރިމައްޗަށް ޙާޒިރު ނުކުރެވި ދޫކުރެވިގެން ނުވާނެ. ބަނީ އިސްރާއީލު ބާގައިގެ މީހުން ހަލާކުވެގެންދިއަ ސަބަބު އަޑުއައްސަވާ! ވައްކަމާއި ކޮރަޕްޝަނާއި އެހެން ޖަރީމާތައް ތަޙްޤީޤް ކުރެވި ކުށްވެރިވާނަމަ އަދުލުވެރިކަމާއިއެކު ޙައްޤު އަދަބު ދެވެން ޖެހޭނެ."



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް