އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާދު ޤާސިމަށާ 2 ފަނޑިޔާރުނަށް އަނިޔާކުރީ ޤައުމީ ސަލާމަތަށްޓަކައި ނޫންކަން ސާބިތުވީމާ މިދައްކަނީ ކޮން ޤައުމީ ސަލާމަތެއްގެ ވާހަކައެއްތޯ؟

ސިޔާދު ޤާސިމަށާ 2 ފަނޑިޔާރުނަށް އަނިޔާކުރީ ޤައުމީ ސަލާމަތަށްޓަކައި ނޫންކަން ސާބިތުވީމާ މިދައްކަނީ ކޮން ޤައުމީ ސަލާމަތެއްގެ ވާހަކައެއްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

ވިލާ ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ޤާސިމަށާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދަށާއި ފަނޑިޔާރު ޢަލީ ޙަމީދަށާއި ޙަސަން ސައީދަށް އަނިޔާކުރީ ޤައުމީ ސަލާމަތަށްޓަކައި ނޫންކަން ސާބިތުވެ ނިމުނުފަހުން ހަމަ ފެބްރުއަރީ މަހު ވިދާޅުވި ފަދައިން ކޮންމެ ކަމެއް މިކުރައްވަނީ ޤައުމީ ސަލާމަތަށް ކަމަށް ވިދާޅުވެ ރައީސް ޔާމީނު މިދައްކަވަނީ ކޮން ޤައުމީ ސަލާމަތެއްގެ ވާހަކައެއްބާވައެވެ!

ދިވެހި ސަލާމަތީ ބާރުތައް ބޭނުންކޮށްގެން 2 ފަނޑިޔާރުން ހިފައި ހައްޔަރުކުރުމަށްފަހު ވެސް ވިދާޅުވީ ހަމަ ޤައުމީ ސަލާމަތަށްޓަކައި ކަމަށެވެ. އިބްރާހީމް ސިޔާދު ޤާސިމް ހިފައި ހައްޔަރުކުރުމަށްފަހުގައިވެސް އަދި ޙަސަން ސަޢީދު ހިފައި ހައްޔަރުކުރުމަށްފަހުގައިވެސް ދެއްކެވީ ޤައުމީ ސަލާމަތުގެ ވާހަކައެވެ.

އެއިރު ޤައުމީ ސަލާމަތް ގުޅުވާފައި އޮތީ އިންޑިއާއިން ދިން އެތައް މިލިއަން ޑޮލަރުގެ ރިޝްވަތަކާއި އެރިޝްވަތު ހިފައިގެން ދެ ފަނޑިޔާރުން ދުނިޔޭގެ ޤައުމުތަކުން ގަނެގެން އުޅޭކަން ފުލުހުންނަށް ޔަޤީން ކުރެވިފައިވާ ގެތަކަކާއި އަގުބޮޑު ވިލާތަކާއި ގޮދަޑިދަށުން މިލިއަން މިލިއަނުން އުފަންވާ ރުފިޔާތަކާއި ދަބަސްތަކުން ފެންނަ ޑޮލަރުތަކާއި މިފަދަ އެތައް ކަންތައްތަކެއްގެ މައްޗަށެވެ.

ދެ ފަނޑިޔާރުން އަދިވެސް އެ ތިއްބެވީ ޖަލު ބަންދުގައެވެ. ހަމަ އެ ބޮޑު ރިޝްވަތުގެ ތެރެއިން ވިއްސުވާފައިވާ މައްސަލަތަކަކާއި ގުޅުވައެވެ. އިބްރާހީމް ސިޔާދު ޤާސިމް މިނިވަންވެވަޑައިގަތީ ޖަލުގައި 162 ދުވަސް ހޭދަކުރެއްވި ފަހުންނެވެ.

އެއިރު ރައީސް ޔާމީނަށް ޤައުމީ ނުރައްކަލަކަށްވެފައި އޮތީ ދުނިޔެވަރުގެ ބޮޑު ރިޝްވަތުގެ މައްސަލައެކެވެ. އެ ބިޔަ ބޮޑު ޤައުމީ ނުރައްކަލުގެ މައްސަލަ ކްރިމިނަލް ކޯޓުން ނިމުނުއިރު ނިމުނީ ކުރި އެއްވެސް ތުހުމަތެއް ކުރީ އެއްވެސް އަސާސެއް ނެތި ކަމަށެވެ. ފުލުހުންގެ އަތުގައި ހުރި ކަމަށް ބުނި ބޮޑެތި ބިޔަ ހެކިތައް ވެގެން ދިއައީ ފެނުނު ހުވަފެނަކަށެވެ. ނުވަތަ ބޮޑު ޝައިޠާނާ ދެއްކި ދޮގު ހުވަފެނަކަށެވެ.

ޤައުމީ ސަލާމަތަށްޓަކައި ދޮގު ހެދުމާއި މަކަރުހެދުން ހުރި މިންވަރަކީ ފުލުހުން ހޯދި ދުނިޔޭގައި ދުވަހަކުވެސް މީހަކު ނުލިޔާ ޒާތުގެ ސިޓީއަކީވެސް ބޮޑު ސިންގާ ފޭކަކަށްވެގެން ދިއުން ނޫންތޯއެވެ؟ އަޅެ ނިކަން ވިދާޅުވެބައްލަވާށެވެ! އެބަޔާންތައް ރައްޔިތުންނަށް އިއްވި މީހުންނަށް މިއަދު އެކަނި ކޮޓރިއެއްގައި މޫނުބަލާ ލޯގަނޑެއްގެ ކުރިމްތީގައި ހުރެ އަމިއްލަ ހިޔަނި ބަލަމުން ނަމަވެސް އެވާހަކަތައް ދައްކަން ކެރިދާނެބާވައެވެ؟

ރައީސް ޔާމީނުގެ ވާހަކަފުޅުން:

"މިކަންތައް ކުރުމުގެ ތެރޭގައި ސިޔާސީ އެކިއެކި ފަރާތްތަކަށް އުނދަގޫވާނެ ކަންތައްތައް އަޅުގަނޑަށް ކުރެވިފައި ހުންނާނެ. އަޅުގަނޑު މި ހޭދަކުރި 5 އަހަރަކީ ފަސޭހަ 5 އަހަރެއް ނޫން. ސިޔާސީ ނުވަތަ އަމިއްލަ ފަރާތްކާ ދޭތެރޭ އެއްޗެއް ދަންނަވާކަށް ނެތިން."

މި ވާހަކަފުޅަށް ބަލާއިރު އަމިއްލަ ފަރާތްތަކާއި ދޭތެރޭ އެއްޗެއް ވިދާޅުނުވަންވީ ސަބަބެއް ނުއެނގެއެވެ. އެއްވެސް އަސްލެއް ނެތް ކަމެއްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރައްވައި ވިޔަފާރިތަކަށް ދެއްވި ބޮޑެތި މާލީ ގެއްލުންތަކަށް ބަސްފުޅެއް ވިދާޅު ނުވެ ފުއްދައިލެވިދާނެތޯއެވެ! ކަނޑައެޅިގެން ޤާނޫނުތަކާއި، މަދަނީ ޙައްޤުތަކާއި ޚިލާފަށް މައްސަލަތަކެއް އުފައްދައިގެން ވިލާ ގްރޫޕުގެ އެކައުންޓަތައް ފްރީޒްކުރުވައި ވިޔަފާރިތައް ހުރަސްއަޅައި ރިޒޯޓުތުތަކަށް ފުލުހުންނާއި ކަސްޓަމްސް އާއި މީރާގެ އޮފިޝަލުން އަރުވައި ވިލާ ގްރޫޕަށް ދިން ބޮޑެތި ގެއްލުންތަކަށްވެސް ބަސްފުޅެއް ވިދާޅުނުވާނެ ކަމަށް ވިދާޅުވެ ފުއްދައިލެވިދާނެތޯއެވެ؟!

މީގެ އިތުރުން ސްޕްރީމް ކޯޓުގެ ޙުކުމުން ވިލާ ގްރޫޕުގެ އެއްވެސް މައްސަލައެއް ނެތްކަމާއި މިއީ ރައީސް ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަން ކަމުގައި ސާބިތުވުމާއި ގުޅިގެން މީރާއިން މައްސަލަތައް ދޫކޮށްލުމުންވެސް އިކޮނިމިކް މިނިސްޓްރީން ދޭންޖެހޭ ހުއްދަތައް ނުދީ ހިފެހެއްޓި ދިގު މުއްދަތުގައި ލިބުނު ބޮޑު ގެއްލުމަށްވެސް ހަމަ އެއްވެސް އެއްޗެއް ވިދާޅުނުވާނީތޯއެވެ!؟

ކަންކަން މިމަގުން މިހައި ހާމަކަންބޮޑު ގޮތެއްގައި ފެންނަން ހުރުމުން ރައީސް ޔާމީނު މިއަދު އެވިދާޅުވި ޤައުމީ ސަލާމަތާއި އިންޞާފުވެރިކަމަކީ ކޮބައިކަން މިވަނީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައެވެ.

ރައީސް ޔާމީނުގެ ވާހަކަފުޅުން:

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރީ ޤައުމީ ސަލާމަތަށް އިސްކަން ދިނުން އެއީ އެންމެ މުހިންމު ކަނތައް ކަމަށް ދެކެގެން. ކުޑަކުޑަ ޤައުމަކަށް އަބަދުވެސް އެންމެ މުހިންމުވާނީ ޤައުމުގެ އަމާންކަން. ޤައުމުގެ ސަލާމަތްކަން ދެމެހެއްޓުން. އަޅުގަނޑުގެ ސަރުކާރުގެ ހުރިހާ ސަމާލުކަމެއް އޮތީ ޤައުމުގެ ސަލާމަތާ ރައްކައުތެރިކުރުމަށް.

އެކަމަކު މިއަދުވެސް އަލުގަނޑު ކަށަވަރުކޮށްދޭން ބޭނުމީ އެކަންކަމުގަ ސައރުކާރުން އެޅި ފިޔަވަޅުތައް ސަރުކާރުން އެލި ވަގުތު އަޅާފަ އެހެރީ މުޅި ދައުލަތުގެ ޙައްޤުގައޭ. އެތައް ހާސް އެތައް ރައްޔިތުންގެ ޙައްޤުގައޭ. އެކަންކަމާއި ދޭތެރޭ އެއިރު ފިޔަވަޅު ނާޅައި ދޫކުރި ނަމަ ދައުލަތުގެ ހިންގުމާ ރައްޔިތުންގެ މަޞްލަޙަތާ ޞުލްޙަވެރިކަން އޮނާނީ ކިހައި ހިސާބެއްގައިކަން އަޅުގަނޑަށް އެނގޭ. އަދި މިކަންކަމާ ދޭތެރޭ ވިސްނާ ކޮންމެ ބޭފުޅެއްގެ ޚިޔާލަށް ގެންނެވޭނެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް