އޯ ލެވެލްގައި ރަނގަޅު ފާހެއް ނުލިބުނު ކަމުގައި ވިޔަސް، މަތީ ތައުލީމަށް އެޅޭނެ ހުރަހެއް މިއަދަކު ނެތެވެ. އެ ފުރުސަތު، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމް ފޯރުކޮށްދެމުން އަންނަ ވިލާ ކޮލެޖުން ވަނީ ފަހިކޮށްދީފަ އެވެ. ފައުންޑޭޝަނުން ފެށިގެން މާސްޓާސްއާ ހަމައަށް ކިޔެވުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ.
ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ކޯސްތައް ހިންގާ ވިލާ ކޮލެޖުގެ ޑިގްރީ ޕްރޮގްރާމްތަކަށް، އޯލެވެލް ނުވަތަ އެސްއެސްސީން ފަސް މާއްދާ އިން ފާސްވެފައިވާ ދަރިވަރުންނަށް އެއް އަހަރު ދުވަހުގެ ފައުންޑޭޝަނަކަށް ފަހު ސީދާ ޑިގްރީ އަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މިއަދު އެ ކޮލެޖުގެ ދަތުރަށް 11 އަހަރު ފުރިފައި ވާއިރު، އެ ކޮލެޖުގެ ތަސައްވަރަކީ އަވަސް މުސްތަޤުބަލެއްގައި ޔުނިވާރސިޓީއެއްގެ ލަޤަބު ލިބި، ރާއްޖޭން ބޭރުންވެސް ކުދިން ތައުލީމް ހާސިލް ކުރުމަށް އަންނާނެ މަންޒިލަކަށް އެތަން ވެގެން ދިޔުމެވެ.
ޤާސިމް އިބްރާޙިމްގެ ވިލާކޮލެޖު މީގެ 11 އަހަރު ކުރިން ވުޖޫދަށް އައި އިރު، މިއަދާ ހަމައަށްވެސް އެތަން ފާހަގަކޮށްލެވެނީ ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިފައިވާ ތަނެއްގެ ގޮތުގައެވެ. ވިލާ ކޮލެޖުން މިހާތަނަށް ފަސްހާސް ވުރެ ގިނަ، ދަރިވަރުން ދަސްވެނިވެފައި ވުމީ ތަނަށް ރާއްޖޭން ދެވެފައިވާ އިތުބާރުގެ އަލިގަދަ ހެއްކެކެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. މިއީ ދަރިވަރުންނަސް ލިބިގެން ދާނެ ބޮޑު ލުޔެކެވެ.
އެ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިޔާ (އޯޔޫއެމް)ގެ ކޯސްތައް ހިމެނޭ ގޮތަށް ތަފާތު ދާއިރާތަކުން ގިނަ ކޯސްތަކެއް ކުރިއަށް ގެންދާ، ވިލާ ޔުނިވާސިޓީއަކަށް ވުމަށް ދެކެމުން އަންނަ ހުވަފެން ހަޤީޤަތަށް ވެއްޖެ ނަމަ، ރާއްޖޭގެ މަތި ތަޢުލީމަށް ވަރުގަދަ އިންޤިލާބެއް ގެންނާނެކަން ގައިމެވެ. އިންތިޒާރު ކުރެވެނީ އެދުވަހަކަށެވެ.