އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން މާދަމާ އައިފޯން އެކްސް.އެސް ލޯންޗް ކުރަނީ

ދިރާގުން މާދަމާ އައިފޯން އެކްސް.އެސް ލޯންޗް ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

އެޕަލް ކުންފުނިން އުފައްދާ އައިފޯން ސީރީސް ފޯނުގެ އެންމެ ފަހުގެ ފޯނު ކަމަށްވާ އައިފޯން އެކްސް.އެސް އަދި އައިފޯން އެކްސް.އެސް މެކްސް މާދާމާ ދިރާގުން ލޯންޗު ކުރުމަށް ހަމަޖައްސައިފިއެވެ.

ދިރާގު މެދުވެރިކޮށް އައިފޯން އެކްސް.އެސް އަދި އައިފޯން އެކްސް މެކްސް ގަތުމަށް ޕްރިއޯޑަރ ކުރި ފަރާތްތަކަށް މާދަމާ މެންދުރުފަހު 14:30 އިން ފެށިގެން މާލޭގައި ހުންނަ ދިރާގު ހެޑް އޮފީހުގެ އެކްސްޕީރިއެންސް ސެންޓަރުން ފޯނު ވިއްކަން ފަށާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

ރާއްޖޭގެ އެހެން ސަރަޙައްދުތަކުން އައިފޯން ސީރީސްގެ މިފޯނުތަކަށް ޕްރީއޯޑަރ ކުރި ފަރާތްތަކަށް، އެފަރާތެއް ދިރިއުޅޭ ސަރަޙައްދެއްގެ އެންމެ ކައިރީގައި ހުންނަ ދިރާގުގެ ކަސްޓަމަރ ސާވިސް ސެންޓަރުން ހަފްތާއެއް ތެރޭގައި ފޯނު ލިބޭނެ އިންތިޒާމު ދިރާގުން ހަމަޖައްސައިދީފައިވެއެވެ.

ދިރާގު މެދުވެރިކޮށް އައިފޯން އެކްސް.އެސް އަދި އައިފޯން އެކްސް.އެސް މެކްސް ގަތުމަށް ޕްރީއޯޑަރ ކުރުމަށް ހުޅުވާލީ މިހިނގާ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުއެވެ. ޕްރީ އޯޑަރަށް ދިރާގުން ހުޅުވާލީ ގަނޑުކޮށް ފައިސާ ދައްކާ ގޮތަށާއި އެފަދައިން ފައިސާ ދެއްކުމަށް ދަތިވާ ފަރާތަކަށް އިންސްޓޯލްމަންޓަށް ވެސް ފައިސާ ދެއްކޭނެ ގޮތަށެވެ.

އައިފޯން އެކްސް.އެސް ގެ ފޯނެއްގެ އަގު އުޅެނީ 20999 ރުފިޔާއިން ފެށިގެން 28499 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. އަދި އައިފޯން އެކްސް.އެސް މެކްސް ގެ އަގު އުޅެނީ 22999 ރުފިޔާއިން ފެށިގެން 29999 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

އިންސްޓޯލްމަންޓަށް ދިރާގުން އައިފޯން އެކްސް.އެސް އެއްގެ އަގު އުޅެނީ މަހަކު 1599 ރުފިޔާއިން ފެށިގެން 2169 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. އަދި އައިފޯން އެކްސް.އެސް މެކްސް ގެ އަގު އުޅެނީ މަހަކު 1699 ރުފިޔާއިން ފެށިގެން 2369 ރުފިޔާއާއު ދެމެދުގެ އަގެއްގައެވެ. އިންސްޓޯލްމަންޓަށް ފޯނު ނަގާނަމަ ފޯނުގެ ސައިޒާއި މެމޮރީ ސައިޒަށް ބަލާފައި 2999 ރުފިޔާއާއި 3999 ރުފިޔާއާއި ދެމެދުގެ އެންވާންސް ޕޭމެންޓެއް ދައްކަން ޖެހޭނެ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ