އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީސީގެ މެމްބަރުންގެ އަބުރު ކަތިލާ މީހުން ގޮވައިގެން ކޯޓަށް ދާން ނިންމައިފި

އީސީގެ މެމްބަރުންގެ އަބުރު ކަތިލާ މީހުން ގޮވައިގެން ކޯޓަށް ދާން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި މެމްބަރުން ނިމިދިޔަ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށާއި ރިޝްވަތު ނެގި ކަމަށް ބުނެ އަބުރުކަތިލަމުންދާ މީހުންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެކޮމިޝަންގެ މެމްބަރު އަދި ޗީފް ސްޕޯކްސްޕާސަން އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޮޑުތަނުން ބަލިވީ އީސީއިން އެއިންތިހާބު އޮޅުވާލުމުން ކަމަށް ބުނެ ޕީޕީއެމްގެ މަދުބަޔަކާއިއެކު ކޮންމެ ރެއަކު އެޕާޓީގެ އޮފީސް ކުރިމަތީގައި ބާއްވަމުންގެންދާ އަޑުއުފުލުމުގައި، އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި ހަތަރު މެމްބަރުންނަށް ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެއަޑުއުފުލުން ތަކުގައި ބުނަމުންދަނީ، ރިޔާސީ އިންތިހާބު އޮޅުވާލުމަށް ވޯޓު ކަރުދާސްތަކުގައި ލިޔެވޭ އަނގޮއްޓިތަކެއް ބޭނުން ކުރި ކަމަށާއި ކެންޑިޑޭޓް ނަންބަރު އެކެއްގައި ޖަހާ ފާހަަގަ ކެންޑިޑޭޓް ނަންބަރު ދޭކަށް ބަދަލުވާ ގޮތަށް ވޯޓު ކަރުދާސްތައް ހަދާފައިވާ ކަމަށާއި ދެލި ފުހެވޭ ގަލަންތަކެއް ވެސް ބޭނުން ކުރި ކަމަށެވެ.

މިފަދަ ތުހުމަތުތަކެއްގެ ސަބަބުން، ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެކޮމިޝަންގެ މެމްބަރުން ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ބުނަމުންދަނީ ރިޔާސީ އިންތިހާބުގައި އެއްވެސް އޮޅުވާލުމެއް ނެތް ކަމަށާއި ވޯޓުލުމާއި ވޯޓު ގުނުން ވެސް ކުރިއަށް ދިޔައީ އެންމެންގެ ކުރިމަތީގައި ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ފެންނަން އޮތީ ރައްޔިތުން ވޯޓުލީ ގޮތަށް ކަމަށް ވެސް އީސީން ބުނެފައިވެއެވެ.

އެހަގީގަތް ޤަބޫލުނުކޮށް ކޮމިޝަންގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް އެފަދައިން ކުރުން ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވަމުން އަކްރަމް ވިދާޅުވީ އެފަދަ ދޮގި އިލްޒާމް އަޅުވައި އަބުރު ކަތިލާ މީހުންނާއި މެދު ދައުވާ ކުރަން އަންނަ ހަފްތާގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ