އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ފައި ނެތް ނަމަވެސް މިމީހާ ނަމާދު ގާއިމް ކުރޭ، ތިބާ ނަމާދު އަޅަނީ ކީއްވެ؟

ދެ ފައި ނެތް ނަމަވެސް މިމީހާ ނަމާދު ގާއިމް ކުރޭ، ތިބާ ނަމާދު އަޅަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އާދައިގެ މަތިން ޔޫޓިއުބުން ތަފާތު އެކި އެކި ވީޑިއޯތައް ހޯދަމުން ދިޔައީމެވެ.

ކަމުދާ އެންމެ ވީޑިއޯ އެއްވެސް ނުފެނުމުން އެކަމާއި މާޔޫސްވެ ފޫހިވެފައި އިންދާ ލޮލުގައި އަޅައިގަތީ "ހޭންޑިކެޕް މޭން ޕްރެއިންގް އިން ހިސް ވޭ" ޖަހާފައި އިން ވީޑިއޯ ކޮޅެކެވެ.

ކެޕްޝަން ކިޔާލާފައިވެސް އެވީޑިއޯ ބަލާލުމަށް ނުހަނު ބޮޑު ޝައުޤުވެރިކަމެއް އުފެދުމުން އެވީޑިއޯ ހުޅުވާލީމެވެ. ފެނުނީ ޒުވާން ފިރިހެނަކު ނަމާދު ކުރާތަނެވެ. ނަމަވެސް އެހެން މީހުންނާއި އޭނާ ތަފާތެވެ.

ސަބަބަކީ އެމީހާއަކީ ދެފައި ނެތް މީހަކަށް ވުމެވެ. ނަމާދު ގާއިމް ކުރަމުން އޭނާ ދިޔައީ، ބައެއް ހަރަކާތްތައް ކުރުމަށް ކޮޅަށް ހުންނަން، އޭނާގެ ދެ އަތް ބޭނުން ކުރަމުންނެވެ.

ދެ ފައި ނެތް އިރު ވެސް ނުހަނު އިޚްލާސްތެރިކަމާ ފަރިތަ ކަމާއެކީ ނަމާދު ގާއިމް ކުރާތަން ފެނުމުން، އަހަރެން އަހަރެންގެ އަމިއްލަ ނަފްސާމެދު ލަދުވެތިވިއެވެ. އުފެދުމުގައި އައިބެއް ހުރި މީހަކަށް ފުރިހަމަ ކަމާއެކީ ނަމާދު ގާއިމް ކުރެވޭއިރު، އަހަރެމެން (ހުރިހާ ގުނަވަނެއް ހަމަޔަށް ތިބީ މީހުން) ނަމާދު އަޅަނީ ކޮން އުޒުރެއް އޮވެގެން ހެއްޔެވް؟

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ