އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސީހު މަޤާމުން ދުރުކުރުމަށް 49 މެންބަރުން ސޮއިކޮށްފި!

މަސީހު މަޤާމުން ދުރުކުރުމަށް 49 މެންބަރުން ސޮއިކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 31 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޤާމުން ދުރުކުރުމަށް 49 މެންބަރުން ސޮއިކޮށްފިކަމަށް އިތުބާހުރި ފަރާތަކުން މިއަދުނޫހަށް ކަށަވަރުކޮށްދީފިއެވެ.

އިދިކޮޅުފަރާތްތަކުން މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މި މަސައްކަތް ކުރަނީ ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރު އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ވައްދާނެކަމަށް އިދިކޮޅުފަރާތްތަކުން ވަނީބުނެފައެވެ.

49 މެންބަރުންގެ ސޮއި މަސީހާއި ދެކޮޅަށް ލިބޭނީ ޕީޕީއެމްގެ ބައެއް މެމްބަރުންވެސް އެމައްސަލާގައި ސޮއި ކުރެއްވުމުންކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު