އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިސްޓަރުކަމަށް ގެންނަންވީ މީހުން ކަނޑައަޅަން އިންތިޚާބީ ރައީސް ޞާލިޙަށް ދޫކޮށްލަމާ!: އިބްރާ

މިނިސްޓަރުކަމަށް ގެންނަންވީ މީހުން ކަނޑައަޅަން އިންތިޚާބީ ރައީސް ޞާލިޙަށް ދޫކޮށްލަމާ!: އިބްރާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު



މިނިސްޓަރުކަމަށް ގެންނަންވީ މީހުންނާއި ނުގެންނަންވީ މީހުންގެ ވާހަކަ ދެއްކުން ހުއްޓައިލުމަށްފަހު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކަން ކުރައްވަން ފެނިވަޑައިގަންނަވާ ގޮތަކަށް ކުރައްވަން ދޫކޮށްލައިގެން ތިބެން ފެނިވަޑައިގަންނަވާކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިބްރާ މިމޭރުމުން ވިދާޅުވެފައިވާއިރު ކޯލިޝަން ޕީޖީ ގްރޫޕުގެ އިސް މެންބަރެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ރިޔާޟް ވެސް ވަނީ ހަމަ މިމޭރުމުން ވިދާޅުވެފައެވެ.

ރިޔާޟް ވިދާޅުވީ ކޯލިޝަނުގެ ޕާޓީތަކުން ނަންތައް ފޮނުވި ނަމަވެސް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ ކެބިނެޓުގައި ހިމަނުއްވާނީ އެންމެ ޤާބިލު މީހުން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅެ ދެން މިނިސްޓަރުކަމަށް އަންނަންވީ މީހުންނާ ނާންނަންވީ މީހުންގެ ވާހަކަ ދެއްކުން ހުއްޓާލާފައި، އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކަން ކުރައްވަން ފެނިވަޑައިގަންނަވާ ގޮތަކަށް ކުރައްވަން ތިބެމާ!"



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް