އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާންމަހަކީީ ކުޅިވަރާ މުނިފޫހި ފިލުވުމުގެ ދުވަސްތަކަކަށް ނުހެދުމަށް ޝައިޚް އިލްޔާސް ގޮވާލައްވައިފި

ރަމަޟާންމަހަކީީ ކުޅިވަރާ މުނިފޫހި ފިލުވުމުގެ ދުވަސްތަކަކަށް ނުހެދުމަށް ޝައިޚް އިލްޔާސް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ބަރަކާތްތެރި ރަމަޟާން މަހަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދުވަސްތަކަކަށް ނުހެދުމަށް ދީނީ އިލްމުވެރިޔާ، ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ.

ޝައިޚް އިލްޔާސް މިކަމަށް ގޮވައިލެއްވެވީ އަންގާރަ ދުވަހުގެ އަޞްރު ނަމާދަށްފަހު ޠައިބާ މިސްކިތުގައި ދީނީ ދަރުސް ދެއްވަމުންނެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް އަޅުގަނޑުމެންނާއި ކުރިމަތިލަނީ 11 މަސް ދުވަހަށްފަހުގައި ކަމަށެވެ. އަދި އެމަހުގައި ހިމެނޭ ދުވަސްތައް ދާދިއަވަހަށް އަޅުގަނޑުމެންނާއި ވަކިވެގެންދާއިރު އެދުވަސްތަކާއި ރޭތަކުން އަޅުގަނޑުމެންނަށް ލިބެންއޮތް މަންފާއާއި ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ދުވާލު ރޯދައަށް ހުރުމާއިއެކު ރަމަޟާންމަހުގެ އެންމެ މުހިންމު އަޅުކަމަކީ ރޭ އަޅުކަން ކަމަށްވާއިރު އަޅުގަނޑުމެންގެ ތެރެއިން މިހާރަކަށް އައިސް ފެންނަމުން ދަނީ އަޅުގަނޑުމެންގެ ތެރެއިން ބައަކު އަޅުކަމުން ދުރުހެލިވެ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ އަމަލުތަކާއި ކައިރިވެ އެބާވަތުގެ ކަންކަމުގައި ބައިވެރިވަމުން އަންނަތަން ކަމަށެވެ. ހަމައެއާއިއެކު އެފަދަ ހަރަކާތްތައް އިތުރުކޮށް އެކަންކަމުގެ ތަފާތު މުބާރާތްތައް ބޭއްވުން އިތުރު ކުރަމުން ގެންދާތަން ކަމަށެވެ.

"ރަމަޟާން މަހުގެ ރޭތަކަކީ ތަރާވީޙް ނަމާދާއި ދަމު ނަމާދާއި ޤްރްއާން ކިޔެވުމާއި ރޭ އަޅުކަން އިތުރުކުރަންޖެހޭ ވަގުތު. ނަމަވެސް މިފެންނަނީ "ދަންވިދަންވިހެން" ޝޯތަކާއި ބައިބަލާ އާއި އެނޫންވެސް މުބަރާތްތައް އިތުރުވަމުން އަންނަތަން. އަޅުގަނޑު ހިތަށްއަރާ މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް ނޫނީ ނެތީބާވައޭ އެކަންކަން ކުރާނެ ވަގުތު."

ޝައިޚް އިލްޔާސް ވިދާޅުވީ މާތްﷲ ރަމަޟާން މަހުގެ ރޭތައް މާތް ކުރައްވަވައި އެރޭތަކުގައި ކުރާ އަޅުކަމުގެ ސަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުކުރައްވަވާފައިވަނީ މީސްތަކުންނަށް ރަޙްމަތެއްގެ ގޮތުން ކަމަށެވެ. އެހެންކަމުން ކުޅިވަރާއި މުނިފޫހިފިލުވުމާއި ދުނިޔަވީ އެފަދަ ކަންކަން ދޫކޮށް ރަމަޟާން މަހުގެ ސަބާއި ދަރުމަ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޝައިޚް އިލްޔާސް ވަނީ ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަށް ގަދައަޅުއްވައި ނަޞޭޙަތްތެރިވެވަދައިގެންފައެވެ. ޝައިޚް އިލްޔާސް ވިދާޅުވީ ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފިނަމަ ދުވާލުގެ ވަގުތުތަކުގައި އެމީހަކު ހުންނާނީ ﷲގެ ރަޙްމަތުން ފުރި، ﷲގެ ބެއްލެވުމުގެދަށުގައިކަމަށެވެ. ފަތިސް ނަމާދު ޖަމާއަތުގައި ކުރާމީހާ، ދެން ކުރާ ކަންކަމުގައި ﷲގެ ބަރަކާތް ލެއްވެވުން އިތުރުވެ ﷲގެ ރަޙްމަތް އެމީހާއަށް ފުރިގެންވާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް