އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީގައި ރަޖިސްޓްރީ ނުކުރާ ކައިވެނި ގިނަވަނީ

ސައުދީގައި ރަޖިސްޓްރީ ނުކުރާ ކައިވެނި ގިނަވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު


ސައުދިއަރަބިޔާގައި ރަޖިސްޓްރީ ނުކުރާ ކައިވެނި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

މިކަމުގެ ސަބަބެއްކަމަށް އަންހެނުން ބުނަނީ ދަރިންގެ މައްސަލައެވެ. "ދަރިންނާއިއެކު އަހަރެމެން މިތިބީ ވަރިކޮށްފަ. އަހަރެމެން ދަރިން މިބަލަނީ. އެކަމަކު އަހަރެމެން ކައިވެންޏެއް ކޮށްފިނަމަ ދަރިންގެ ބައްޕަ އެބަ އާދޭ ދަރިން ބަލާ. އެ ހެޔޮ އެމީހުން އެތައް ބައަކާއި ކައިވެނިކޮށް އެތައް ގިނަ ދަރިން ޙޯދައިގެން ތިބި ނަމަވެސް."
ނޫހަށް މައުލޫމާތުދިން ބައެއް އަންހެނުން ބުނެފައިވަނީ ވަރިކޮށްފައި ތިބި ނަމަވެސް އެމީހުންނަކީވެސް ފިރިއެއްގެ އެހީތެރިކަމަށް ބޭނުންވާ އަދި ފިރިއެއްގެ ބައިވެރިވުން ބޭނުން ބައެއް ކަމަށެވެ.

އެހެންކަމަށްވާއިރު ދަރިންގެ ހައްޤުގައި އެމީހުންނަށް އޮތް ހަަމައެކަނި ގޮތަކީ ކައިވެނި ރަޖިސްޓްރީ ނުކޮށް "ކައިވެނިކޮށްގެން" އުޅުން ކަމަށެވެ.
މައްކާގެ "ރަޖިސްޓްރާރ އޮފް މެރިޖް" ނުވަތަ ކައިވެނި ރަޖިސްޓްރީކުރާ މީހާ ޢަލީ އަލް މަލްކީ ވިދާޅުވީ ދިރިއުޅުމުގެ ހާލަތާއި ގުޅިގެން މައްސަލަތައް ކުރިމަތިވެފައިވާ،

ނުވަތަ ދަރިންގެ މައްސަލަތައް ކުރިމަތިވެފައިވާ އަންހެނުން "ނުރަސްމީ" ކައިވެނިކޮށްގެން އުޅުމަކީ ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ކަމެއް ކަމަށެވެ. "ނުރަސްމީ ކައިވެނިކޮށްގެން އުޅުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް،'

ޝަރުއީ މައްސަލަތަކުގެ ތަޖުރިބާކާރެއް ކަމަށްވާ މުޙައްމަދު އަލްމަސްއޫދީ ވިދާޅުވީ ކައިވެންޏަކީ، ވަލީ އާއި ރަނާއި ދެހެކިން ހެކިކުރުމާއި ފިރި އަދި އަނބި ބަލައިގަތުން ކަަމަށެވެ.
މިމައްސަލައަކީ ޢާންމުގޮތެއްގައި ވަރިކުރާއިރު ލިބިފައި ތިބޭ ދަރިންގެ ފަރާތުން ކަމަށް ބުނެ އުފެދިގެން އަންނަ މައްސަލައަކަށްވާތީ ސައުދީ ސަރުކާރުން މިހާރު ގެންދަނީ އަންހެން މީހާ ދެވަނަ ކައިވެންނެއް ކުރި ނަމަވެސް ދަރިން އެމީހުންގެ ގާތު ތިބޭނެ ގޮތަށް ޤާނުނުތައް ބައްޓަން ކުރަމުންނެވެ.

ދަރިންގެ މައްސަލައިގެ އިތުރުން ޕެންޝަންނާއި އެހެންވެސް ބައެއް ކަންކަމާއި ގުޅިގެން ސައުދީގައި ނުރަސްމީ ކައިވެނިކުރަންޖެހެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް