އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީގައި މެއަރސް ބަލި ފެތުރޭ މިންވަރު ދަށްވެއްޖެ

ސައުދީގައި މެއަރސް ބަލި ފެތުރޭ މިންވަރު ދަށްވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު



ސައުދިއަރަބިޔާގައި މެއަރސދް ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ،. ފާއިތުވި ހަފްތާއަށް ބަލާއިރު ޝައްކުކުރެވިގެން ތަޙްޅީލް ކުރި 736 ސާމްޕަލްގެ ތެެރެއިން ބަލި ފެނިފައިވަނީ ހަމަ އެންމެ މީހެއްގެ ގައިންނެވެ.

މިބަލި ތަންކޮޅެއް ކުރިން މައްކާ އާއި ަމދީނާގެ ރަށްފުށު ބައެއް ސަރަހައްދުަތކުން ފެނުނު ނަމަވެސް ފަހުން މައްކާ އާއި މަދިނާއިން މިބަލި ވަނީ ނުފެނިފައެވެ.
މިބަލީގެ ޥާހަކަ ބޭރުގެ ބައެއް މީޑިއާތަކުން ދައްކާއިރު ދުނިޔޭގެ އެހެން ޤައުމުތަކުން ފެނިފައިވާ މިފަދަ ބަލިތަކުގެ ނިޞްބަތުން މެއަރސް ބައްޔަކީ އެހައި ނުރައްކައުތެރި ބައްޔެއް ކަމަށް ކަނޑައެޅުމުގައިވެސް ސުވާލުތަކެއް އެބަހުއްޓެވެ.

ސައުދީން 2012 ވަނަ އަހަރު މިބަލި ފެނުނު ދުވަހުން ފެށިގެން މިހައިތަނަށް ބަލާއި ބަލިޖެހިފައިވަނީ ޖުމުލަ 1041 މީހުންނަށެވެ. މަރުވެފައިވަނީ 460 މީހުންނެވެ. 578 މީހުން ވަނީ ގަދަވެފައެވެ. މިހާރު ފަރުވާ ދެނީ އެންމެ 3 މީހަކަށެވެ.

މިބަލި ފެތުރުނަ ނުދިނުމަށް ސައުދިއަރަބިޔާ އިން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ބަލިން ދިފާއު ވެވޭނެ ވެކްސިން އެއް އުފެއްދުމަށްވެސް ދަނީ ގިނަ ގުނަ ަމސައްކަތްތަކެއް ކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް