އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓްރެފިކް ޕޮލިސް އާއި އަލަށް ގުޅުނު ޕްރޮބޭޝަނަރީ ފުލުހުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި

ޓްރެފިކް ޕޮލިސް އާއި އަލަށް ގުޅުނު ޕްރޮބޭޝަނަރީ ފުލުހުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ފުލުހުންގެ ބޭސިކް ތަމްރީނު ފުރިހަމަކުރުމަށްފަހު ޕްރޮބޭޝަނަރީ މުއްދަތުގައި ފްރޮންޓްލައިންގައި މަސައްކަތްކުރުމަށް އޮންނަ މުއްދަތުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރުމަށް އަލަށް ގުޅުނު ޕްރޮބޭޝަނަރީ ފުލުހުންނަށް އެއްދުވަހުގެ ޓްރެފިކް ރިފްރެޝަރ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޖޫން މަހުގެ 27 ވަނަ ދުވަހު އިސްކަންދަރު ކޮށީގެ ކްލާސްރޫމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޓްރެފިކްމަނުން މަގުމަތީގައި ހަރަކާތްތެރިވާއިރު ކޮންމެހެން އެނގެންޖެހޭ މުހިއްމު ޓްރެފިކް ޤާނޫނާއި ޤަވާއިދުތަކާއި ޓްރެފިކް ނިޝާންތަކާއި ސިގްނަލްތަކަށް އަހުލުވެރިކޮށްފައިވެއެވެ.

މީގެ އިތުރުންވެސް އުޅަނދުތައް ބަލައި ފާސްކުރާނެ ގޮތާއި މަގުމަތީގައި ހަރަކާތްތެރިވާނެ ގޮތުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީފައިވެއެވެ. އެގޮތުން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އެފުލުހުން މަގުމަތީގައި ހަރަކާތްތެރިވި ގޮތް މޮނީޓަރކުރެވިފައިވެއެވެ. އަދި މިހާރު ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓާއި އަލަށް ގުޅުނު ހުރިހާ ފުލުހުންވެސް ވަނީ ޝިފްޓް ޑިއުޓީއަށް ރަސްމީކޮށް ނިކުންނަން ފަށާފައެވެެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ފޯރުކޮށްދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓުގެ ރޯޑް ސޭފްޓީ ޔުނިޓުގެ ކަމާގުޅޭ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ތަޖުރިބާކާރު ފުލުހުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު