އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެން ލޯ އެންފީސްމެންޓު ސްޓަޑީސް އިން ހިންގި 2 ކޯހެއްގެ ނިމުން ފާހަގަކޮށްފި

އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެން ލޯ އެންފީސްމެންޓު ސްޓަޑީސް އިން ހިންގި 2 ކޯހެއްގެ ނިމުން ފާހަގަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓު ސްޓަޑީސް (އައިލްސް) އިން ހިންގި ދެ ކޯހެއް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ

ބުދަ ދުވަހު ނިމިފައިވަނީ ސެޓްފިކެޓް 3 އިން އިންޓެލިޖެންސް ފައުންޑޭޝަން ކޯހާއި ފިންގަރ ޕްރިންޓު ކޯހެވެ.

ބުދަ ދުވަހު ހެނދުނު އިސްކަންދަރުކޮށީގައި ސެޓްފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ސާދިޤު އެވެ.

ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށް ފަހު ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި މި ދެކޯހަކީވެސް ފުލުހުންނަށް ވަރަށް މުހިއްމު ދެ ކޯސް ކަން ފާހަގަ ކުރައްވަމުން ވިދާޅުވީ މި ދެކޯހަކީވެސް ސިއްރު މަޢުލޫމާތު ހޯދައި އެނަލައިޒް ކުރާ މަސައްކަތަކަށްވާއިރު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެންމެ ބޮޑަށް ވިސްނަންވީ އެއް ކަމަކީ ސިއްރު މަޢުލޫމާތު ހިފެހެއްޓުމުގެ މުހިއްމު ކަމާ މެދުގައި ކަމަށެވެ. އަދި މި ދެކޯހުގެ މަސައްކަތްތައް ގުޅިފައި ވަނީ ތަހުޤީޤު ކުރާ ދާއިރާގައި ކަމަށާއި މިކޯހުން ކިޔެވި އެއްޗެއްގެ ބޭނުން ރަގަޅު ގޮތުގައި ހިފުމަށް ބައިވެރިންގެ ކިބައިން ޑެޕިއުޓީ ކޮމިޝަނަރ ޞާދިޤު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މަސައްކަތް ކުރުމުގައި ފުލުހުން ގެންގުޅެންވީ އަޚުލާޤު ހިފެހެއްޓުމަށާއި ކުރިއަށް އޮތީ ރަމަޟާން މަހުގެ ފަހު 10 ކަމަށް ވުމާއި އެކު އެދުވަސްތަކުގެ ހެޔޮ ދަރުމައާއި ސަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް މި ރަސްމިއްޔާތުގެ ބައިވެރިންނަށް އިލްތިމާސް ކުރެއްވި އެވެ.
މިއީ އައިލްސް އިން މި ދެ ކޯސް ހިންގި ފުރަތަމަ ފަހަރެވެ. މީގެ ތެރެއިން 4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ސެޓްފިކެޓް 3 އިން އިންޓެލިޖެންސް ފައުންޑޭޝަން ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ސެޓްފިކެޓް ލެވެލް 3 ގައި އެކްރެޑިޓް ކޮށްފައިވާ ކޯހެކެވެ. މިކޯހުގެ މައިގަނޑު މަޤްސަދަކީ އިންޓެލިޖެންސް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދާއިރާއަށް ޤާބިލް ބަޔަކަށް ހެދުން ކަމަށް އައިލްސް އިން މަޢުލޫމާތު ދެއެވެ. ކޯހުގައި ކިޔަވައިދީފައި ވަނީ އިންޓެލިޖެންސް ޑައިރެކްޓްރޭޓުގެ މުދައްރިބުންނެވެ.

މިކޯހުގައި ޖުމްލަ 20 ބައިވެރިޔަކު ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައި ވެއެވެ.

ފިންގަރ ޕްރިންޓު ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ފެންވަރު ރަގަޅު ކޯހެއް ކަމަށް އައިލްސް އިން މަޢުލޫމާތު ދެއެވެ. މިކޯސް ކުރިއަށް ގެންގޮސްފައި ވަނީ 9 މަސް ދުވަހުގެ މުއްދަތަށެވެ. މި ކޯހުގައި 5 ބައިވެރިޔަކު ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

މިކޯހުގެ ސަބަބުން ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންނަކީ ކަމަށް ޤާބިލް ހުނަރުވެރި މިމަސައްކަތަށް ބޭނުންވާ އެންމެ ފަހުގެ މަޢުލޫމާތު ލިބިފައިވާ ބަޔަކަށް ވެގެންދާނެ ކަމަށް އައިލްސް އިން މަޢުލޫމާތު ދެއެވެ.
މިކޯހުގައި ކިޔަވައިދީފައި ވަނީ ފޮރެންސިކް ޑައިރެކްޓްރޭޓުގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލްސްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފުގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު