އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރާއަށްދާ މީހުންނަށް ޚާއްޞަ ކްލިނިކެއް ހުޅުވަނީ

އުމުރާއަށްދާ މީހުންނަށް ޚާއްޞަ ކްލިނިކެއް ހުޅުވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އުމުރާއަށް ދަތުރުތަކާއި ގުޅިގެން ބަލިމަޑުކަމެއް ފެތުރިދާނެކަމަށްޓަކައި "ޙައްޖު ރޯގާ ކްލިނިކް"ގެ ނަމުގައި ކްލިނިކެއް ހިންގަން އައިޖީއެމްއެޗް އިން ނިންމައިފިއެވެ.

އެހޮސްޕިޓަލުން ބުނީ ޖުލައި 2 (ބުރާސްފަތި) ދުވަހުން ފެށިގެން ކްލިނިކް ހުޅުވިފައި ހުންނާނެ ކަމަށާއި ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ މިކްލިނިކް ކުރިއަށް ގެންދާނީ ހޮސްޕިޓަލުގެ 3 ނަމްބަރު ގޭޓް، ބުރުޒުމަގުން ވަދެވެން އިންނަ ރެސްޕިރޭޓަރީ މެޑިސިން ކްލިނިކްގައި ކަމަށެވެ. އަދި އެތަން އަންގައި ދިނުމަސް ބެނަރއެއް ދަމާފައި ހުންނާނެ ކަމަށެވެ.

މިކްލިނިކަށް ދައްކަންދާއިރު ހައްޖު ކާޑާއި އައިޑީ ކާޑު ގެންދަން ޖެހެއެވެ. އަދި މިކްލިނިކް ބަންދު ގަޑިއެއްގައި ނަމަވެސް މީހެއްގެ ހާލުބޮޑުވެއްޖެ ނަަމަ އިންފޮމޭޝަން ޑެސްކުގައި އެދުމުން ޑޮކްޓަރަށް ދައްކޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް