އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އާއި ރަސޫލާއަށް ލޯބިކުރުމަކީ ﷲ އެންގެވި ގޮތުގައި ސާބިތުވެ އަމަލުކުރުން: ޝައިޚް އިލްޔާސް

ﷲ އާއި ރަސޫލާއަށް ލޯބިކުރުމަކީ ﷲ އެންގެވި ގޮތުގައި ސާބިތުވެ އަމަލުކުރުން: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ﷲ އާއި ރަސޫލާއަށް ލޯބިކުރުމަކީ ﷲ އެންގެވި ގޮތުގައި ސާބިތުވެ ދެމިތިބުމާއިއެކު ﷲ އެންގެވި ގޮތުގައި އަމަލުތައް ކުރަމުން ގެންދިއުން ކަމަށް ދީނީ އިލްމުވެރިޔާ ފަޟީލަތުއް ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މުސްލިމުންގެ އީމާންކަން ފުރިހަމަވާނީ އެމީހާގެ އަމިއްލަ ނަފުސާއި ދުނިޔޭގައި ވާނަމަ ވާހައި ތަކެއްޗަށާއި ކަންކަމަށްވުރެ ބޮޑަށް ﷲ އާއި އެކަލާނގެ ރަސޫލާއަށް ލޯބިކުރުމުން ކަަމަށް ބުނެވޭ ބަހުގެ މާނައަކީ އެހެން ހުރިހައި ކަންކަމަށްވުރެ ބޮޑަށް ﷲ އާއި ކައުއިތުރު ރަސޫލާގެ އެންގެވުންތަކަށް އަމަލުކުރުން ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ބަންގި ގޮވުމުން ކުރަންހުރި ކަންކަން ބަހައްޓާފައި މިސްކިތަށް ދާންޖެހޭނެ ކަމަށާއި އެކަން ކުރެވޭނީ އެމީހާގެ ކިބައިގައި އެވަރުގެ އީމާންކަމެއް ހުރެގެން ކަމަށެވެ. ހަމައެފަދައިން ދެން ކުރަން ހުރި އަޅުކަންކަމާއި ﷲގެ އެންގެވުންތަކަށް އަމަލުކުރުމުގައި ވެސް ފުރިހަމައަށް އަމަލުކުރެވޭނީ ހަރުދަނާ އީމާންކަމެއް އެމީހާގެ ކިބައިގައި ހުރެގެން ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އެމީހާގެ ހިިތުގައި ހަރުދަނާ އީމާންކަމެއްވާނަމަ ﷲ ނަހީ ކުރެއްވެވި އެއްވެސް ކަމެއް އެމީހަކު ނުކުރާނެ ކަމަށެވެ. އަދި ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވެ އަމަލުކުރާނެ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އީމާންކަމުގެ މޭވާ ވަރަށް ފޮނިވާނެ ކަމަށާއި އެމޭވާގެ ފައިދާ ވެސް ވަރަށް ބޮޑު ވާނެ ކަމަށެވެ. "މިދުނިޔޭގައި އީމާންކަމުގެ މޭވާއަކީ އުފަލާއި ހިތް ހަަމަޖެހުން. ފުރިހަމަ އީމާންތެރިއަކު ކަންކަމާއިމެދު ކަންބޮޑުވެ ތެޅިފޮޅިއެއް ނުއުޅޭނެ. ސަބަބުގައި ހިފައިގެން ހުރެ ﷲގެ ހަޟްރަތުން ވާގިއެދޭނީ. އަަބަދުވެސް ހުންނާނީ ﷲގެ ދަރުމައާއިމެދު ހިތް ހަމަ ޖެހިފަ. ﷲއަށް ފުރިހަމަ ޔަޤީންކަމުގަ ހުންނާނީ.. ހަމައެފަދައިން އިމާން ކަމުގެ މޭވާ އަކީ ސުވަރުގެ. އެހެންވީމާ އަޅުގަނޑުމެން އެންމެންވެސް ގަދައަޅައި މަސައްކަތްކުރަންވީ އީމާން ކަމުގެ މޭވާ ލިބިގަތުމަށް."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް