އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރާއި އެމްޑީޕީގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތާއިމެދު މަޝްވަރާކޮށްފި

ސަރުކާރާއި އެމްޑީޕީގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތާއިމެދު މަޝްވަރާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ސަރުކަރާއި އެމްޑީޕީ އާއި ދެމެދު މަޝްވަރާތައް ކުރިއަށް ގެންދާނެގޮތާއިމެދު މަޝްވާރާކޮށްފިއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޙޯމް މިނިސްޓަރ ޢުމަރު ނަޞީރު އެވެ. އަދި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ނަޞީރު ވިދާޅުވީ ރޭ ހަމައެކަނި ކުރިއަށް ގެންދިއައީ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތާއިބެހޭގޮތުން މަޝްވަރާ ކުރުން ކަމަށެވެ. އަދި މަޝްވަރާތައް ފެށޭނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.

އުމަރު ނަޞީރު ވިދާޅުވީ ސަރުކާރު އޮތީ އެމްޑީޕީ އާއިއެކު މަޝްވަރަކޮށްގެން ދިވެހި މުޖުތަމައުއަށް ހަމަޖެހޭ ގޮތްތައް ޙޯދައިދިނުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ. އަދި މިހާރުން މިހާރަށްވެސް ފެނިގެން މިދަނީ ވަރަށް ހަމަޖެހޭ މާހައުލެއް ކަަމަށެވެ. "މިރޭ ކުރިއަށް މިދިއަ ވާހަކަތަކުގެ ސަބަބުންވެސް ރާއްޖޭގެ ސިޔާސީ މަޝްރަހަށް ވަރަށް ބޮޑު ފިނިކަން އަންނާނެ. މިއީ ސަރުކާރުން ބޭނުންވާ ކަމަކީ. ސަރުކާރުން ބޭނުންވަނީ ސަރުކާރުން ރާވާފައި ހުރި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދަން މަގުފަހިކުރުމަށް."

އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ 3 ކަންތަކަށް މަޝްވަރާ ކުރުމަށްޓަކައި ފަށައިގަތުމަށް ބޭނުންވާކަމަށް އެމްޑީޕީއަށް ފާހަގަކުރެވޭ ކަންކަން ކަރުދާހުގައި ލިޔެ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އިދިކޮޅު ޕާޓީތަކާއި ޕީޕީއެމް އެކުގައި އެއް މޭޒުދޮށުގައި ތިބެގެން މަޝްވަރާކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް