އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޝްވަރާގެ މާހައުލެއް ޤާއިމުކުރުމަށް ކުރަން ބޭނުންވާ ކަންކަން ސަރުކާރަށް ހުށަހަޅައިފި

މަޝްވަރާގެ މާހައުލެއް ޤާއިމުކުރުމަށް ކުރަން ބޭނުންވާ ކަންކަން ސަރުކާރަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ސަރުކަރާއިއެކު އެމްޑީޕީން ކުރިއަށް ގެންދާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި މަޝްވަރާ ކުރުމުގެ މާހައުލެއް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން އެމްޑީޕީން ސަރުކާރަށް ހުށަހަޅައިފިއެވެ.

ސަރުކާރާއިއެކު ރޭ ބޭއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެގޮތުން އެމްޑީޕީން ބައެއް ކަންކަން ފާހަގަކޮށްފައިވާނެ ކަމަށާއި އެއިގެ ތެރެއިން އެއްކަމަކީ ސިޔާސީ ހުކުމުގައި ތިބިކަމަށް އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރާ ފަރާތްތަކުގެ މައްސަލަތަކަށް ގޮތެއް ހަމަޖެހުން ކަމަށެވެ.

ހަމައެއާއިއެކު ސިޔާސީ ދައުވާ މިހާރު އުފުލިފައިވާ ފަރާތްތަކަށާއި ސިޔާސީ ތަހްޤީޤްތައް ކުރިއަށް ގެންދެވޭ ފަރާތްތަކާއިމެދު ލުއިތަކެއް ހަމަޖެހެން ޖެހޭނެ ކަމަށާއި ވިޔަފާރި ވެރިންނަށް ޚާއްޞަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް ހުރި ހުރަސްތަކަށް މަޝްވަރާތައް ފެށުމުގެ ކުރިން ހައްލެއް ލިބެންޖެހޭނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ވަޒީފާތަކުގައި ތިބި ކައުންސިލަރުންނާއި ސިވިލް ސަރވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގައި ތިބި މުވައްޒިފުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދެން ޖެހޭ ކަމަށެވެ. ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ދެ މައްސަލަކަމަށްވާ ޑރ. އަފްރަޝީމްގެ މަރުގެ މައްސަލަ އާއި ނޫސްވެރިޔާ ރިލްވާން ގެއްލިފައިވާ މައްސަލައިގައި މިނިވަން ތަހްޤީޤެއް ކުރެވެން އެބަޖެހޭ ކަމަށެވެ. "ޓޯކްސް ފަށާއިރު އެކަމަށް އެއްބަސްވުމަކަށް އާދެވިފައި އޮންނަން އެބަޖެހޭ. ހަވަނަކަމެއްގެ ގޮތުން ސިޔާސީ ފަރާތްތަކަށާއި ނޫސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން ފޮނުވި މެސެޖުތަކުގެ މައްސަލަތަކުގެ މިނިވަން ތަހްޤީޤެއް ކުރެވެން އެބަޖެހޭ."

އިބޫ ވިދާޅުވީ ސިޔާސީ ހަރަކާތްތަކާއި ގުޅިގެން 400 ވަރަކަށް މީހުންގެ މައްސަލަތައް މިހާރުވެސް ކުރިއަށްދާއިރު ބަންދުގައި ތިއްބެވި ކާނަލް (ރޓ) މުޙައްމަދު ނާޒިމް އާއި މެންބަރު އަހްމަދު ނާޒިމް އާއި ތަލްހަތު އިބްރާހީމް ކަލޭފާނާއި ރައީސް ނަޝީދުގެ މައްސަލަތައް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށެވެ.

"މިހާރުވެސް މައްސަލަތައް ކުރިއަށްދާ 5 ބޭފުޅެއްގެ މައްސަލަތައް އަޅުގަނޑުމެން ހުށަހަޅާނަން. އަޅުގަނޑުމެން މިތިބީ މަޝްވަަރާތަކާއިއެކު ކުރިއަށްދާން."

މިކަންކަމަށް ހައްލެއް ހޯދުމަށް އެއްމޭޒުދޮށެއްގައި އިށީނދެ މަޝްވަރާ ކުރަން ސަރުކާރުން ނިންމިކަމަށްޓަކައި އެކަމަށް އިބޫ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ އެމްޑީޕީ އާއިއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން މިހާރުވެސް ވަނީ ލުއިތަކެއް ދީފައި ކަމަށާއި ޤާނޫނުގެ ތެރެއިން އަދިވެސް އިތުރުލުއިތައް ދިނުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް