އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޮޑު ކާމިޔާބީއަކީ އަގު ބޮޑު ނުކޮށް ފެންވަރު ރަނގަޅު ޚިދުމަތް ދެމެހެއްޓޭކަން: ޔާމީން އިދްރީސް

އެންމެ ބޮޑު ކާމިޔާބީއަކީ އަގު ބޮޑު ނުކޮށް ފެންވަރު ރަނގަޅު ޚިދުމަތް ދެމެހެއްޓޭކަން: ޔާމީން އިދްރީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަނުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ޚިދުމަތުގެ އަގު ބޮޑުނުކޮށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދެވެމުން އަންނަކަން ކަމުގައި މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މައުލުމާތު ދެއްވަމުން ޔާމީން އިދްރީސް ވިދާޅުވީ ޙައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން އަގުތަކެއް ހަމަޖައްސައި ގްރޫޕުތަކާއިއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވީނަމަވެސް މިއަހަރުވެސް ގިނަ ބައެއްގެ އަތުން އިތުރަށް ފައިސާ ނެގި ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ބައެއް މީހުންގެ އަތުން -/15،000 ރުފިޔާ، =/20،000 ރުފިޔާ އިތުރަށް ނެގިކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ޙައްޖު ކޯޕޮރޭޝަނުން އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ޔާމީން އިދްރީސް ވިދާޅުވީ ހައްޖު ކޯޕޮރޭޝަނުގެ ޚިދުމަތުގެ ސަބަބުން އެހެން ބައެއް ގްރޫޕުތަކުގެ ޚިދުމަތްތައްވެސް މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އެގޮތުން ހައްޖާއި އުމުރާއަށް ގެންދާ މީހުން ބައިތިއްބާ ހޮޓާތަކުގެ ފެންވަރު ރަނގަޅުވާން ފަށައިފިކަން ޔާމީން އިދްރީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ޙައްޖު ކޯޕޮރޭޝަން މެދުވެރިކޮށް މިއަހަރު ރަމަޟާންމަހު އުމުރާއަށްދާ މީހުންނާއި ހައްޖަށްދާ މީހުން ބައިތިއްބަން ހަމަޖެހިފައިވަނީ 5 ތަރި އަދި 4 ތަރި ފެންވަރުގެ ހޮޓާތަކުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް