އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއާއި އިންޑިއާގެ އެންމެ ޒަމާންވީ ގުޅުމަކީ ތައުލީމީ ގުޅުން: ރަޖީވް ޝަހާރޭ

ރާއްޖެއާއި އިންޑިއާގެ އެންމެ ޒަމާންވީ ގުޅުމަކީ ތައުލީމީ ގުޅުން: ރަޖީވް ޝަހާރޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ރާއްޖެއާއި އިންޑިއާގެ މެދުގައި އޮތް އެންމެ ޒަމާންވީ ގުޅުމަކީ ތައުލީމީ ގުޅުން ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރ ރަޖީވް ޝަހާރޭ ވިދާޅުވެއްޖެއެވެ.

ރަޖީވް ޝަހާރޭ ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ގުޅުންތައް ގިނަ ދެ ޤައުމުކަމަށެވެ. އެއިގެ ތެރެއިންވެސް ތައުލިމީ ގުޅުމަކީ ފާހަގަކޮށްލެވޭފަދަ ޒަމާނީ ގުޅުމެއް ކަމަށެވެ.

ރަޖީވް ޝަހާރޭ ވިދާޅުވީ ދިވެހިން ތައުލިމު ހާޞިލުކުރުމަށް އިންޑިއާއަށް ނުދާ ދުވަސްވަރެއް ތާރީޚުން އެނގެން ނެތް ކަމަށެވެ. އަދި އިންޑިއާ އިން ތައުލިމު ހާޞިލުކުރި އެތައް ގިނަ ދަރިވަރުން ރާއްޖޭގެ އެންމެ އިސް މަޤާމުތަކުގައި ޚިދުމަތް ކުރައްވަވާފައިވާ އެނެގެން އެބައޮތް ކަމަށެވެ.

ރަޖީވް ޝަހާރޭ މިމޭރުމުން ވިދާޅުވެފައިވާއިރު، ސަރުކާރުން ނޫނީ ރަސްގެފާނު ހުއްދަ ނުދެއްވާ ބައަކަށް ތައުލިމު ހާޞިލުކުރުމުގެ މަގު ބަންދުކުރެވިފައި އޮތް ޒަމާނުގައިވެސް އެންމެ ގިނަ ދިވެހިން ފިލައިގެން ކިޔަވަން ދިއައީ އިންޑިއާއަށްކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ، އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި އެއިރުގެ ގިނަ އިލްމުވެރިންނަކީވެސް އިންޑިއާއިން ތައުލީމު ހާޞިލުކުރެއްވި ބޭފުޅުންނެވެ.

ރަޖީވް ޝަހާރޭ ވިދާޅުވީ ރާއްޖޭގެ އިތުރުން އެފްރިކާގެ ޤައުމުތަކާއި އެހެންވެސް ގިނަ ޤައުމުތަކުގައި އިންޑިއާ އިން ކިޔެވި ދަރިވަރުން އިސްމަޤާމުތައް އަދާކޮށްފައިވާ ކަމަށެވެ.

ރަޖީވް ޝަހާރޭ ސިފަކުރައްވާ ގޮތުގައި އިންޑިއާއަކީ އިލްމުފެތުރުމުގައި ގިނަ ޤައުމުތަކުގެ ބައިވެރިއެކެވެ. އިންޑިއާ އިން ވަނީ ގިނަ ޤައުމުތަކެއްގެ ދަރިވަރުންނަށް ތައުލިމު ހާޞިލުކުރުމުގެ ފުރުޞަތު ދީފައެވެ. އަދި މިހާރުވެސް އެފުރުޞަތު ގެންދަނީ ފުޅައު ދާއިރާއެއްގައި ދެމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް