އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުވާރުމަތީގައި ވިޔަފާރި ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ދުވާރުމަތީގައި ވިޔަފާރި ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް އުނދަގޫވާ ގޮތަށް ދުވާރުމަތީގައި މުދަލާއި ތަކެތި ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ އާބާދީ އާއި އެއްގަމު އުޅަނދުން ތޮއްޖެހިފައިވާ މާލޭގެ ކާރޫބާރުބޮޑު މަގުތަކުގައި، ހިނގާމީހުންނަށް އުނދަގޫވާގޮތަށް ދުވާރުމަތީގައި މުދަލާއި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމާއި، ހިނގަން ހާއްސަ ކޮށްފައިވާ ދުވާރުމަތީގައި މުދަލާއި ތަކެތި ބަހައްޓާފައި ހުރުމުގެ ސަބަބުން ދުވާރުމަތިން ހިނގަން ދަތިވެ، ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދުން ހިނގަންޖެހޭތީ އެކަމުގެ ޝަކުވާ ތަކުރާރުކޮށް ހުށަހެޅެމުންދާ ކަމަށެވެ.

އަދި މިފަދަ ތަކެތި ބަހައްޓައި މަގުތައް ބަންދު ކުރެވިފައި އޮތުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓް ހިނގައި ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން އެކިވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވާކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މަގުމަތިން ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިވާގޮތަށް ދުވާރުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 52 ވަނަ މާއްދާގައި މަނާކޮށްފައިވާ ކަމަކަށްވާތީ ދުވާރުމަތީގައި މުދަލާއި ތަކެތި ނުބެހެއްޓުމަށާއި ހިނގާމީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް ދުވާރުމަތީގައި ވިޔަފާރި ކުރަން ނުތިބުމަށް ފުލުހުން ވަނީ އަންގާފައެވެ.

ފުލުހުން އިތުރަށް ބުނީ މަގުހިނގާ މީހުންނަށާއި ދުއްވާ އުޅަނދަށް ދަތިވާގޮތަށް ދުވާރުމަތީގައި މުދަލާއި ތަކެތި ބަހައްޓާ ފަރާތްތަކާއި ދުވާރުމަތީގައި މުދަލާއި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތަކާމެދު އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅުއަޅައި ޖޫރިމަނާ ކުރާނެ ކަމަށެވެ.

މާލޭގެ މަގުތައް ތަރުތީބު ހިނގާ މީހުންނަށާ ދުއްވާ ތަކެއްޗަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އާއްމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ފުލުހުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު