އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެލޭޝިޔާއަށް ކަނޑައަޅާ ސަފީރުކަމަށް ފަހުމީ އައްޔަންކުރަން ކޮމިޓީން ނިންމައިފި

މެލޭޝިޔާއަށް ކަނޑައަޅާ ސަފީރުކަމަށް ފަހުމީ އައްޔަންކުރަން ކޮމިޓީން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ދިވެހި ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާ ސަފީރުކަމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އައްޔަންކުރުމަށް ފެންނަކަމަށް، ގައުމީ ސަލާމަތުގެ ކޮމިޓީ ނިންމައިފިއެވެ.

މެލޭޝިޔާގެ ސަފީރުކަމަށް ފަހުމީ އައްޔަން ކުރެއްވުމަށް ފެންނަކަމަށް އެކޮމިޓީން ނިންމީ ބައްދަލުވުމަށް ހާޒިރުވެ، ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މެލޭޝިޔާގެ ސަފީރުކަމަށް ފަހުމީ އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޔާމީން ހުށަހެޅުވީ، ރާއްޖެ އިން މެލޭޝިޔާ އަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ފަޔާޒު (އެފްއޭ)، ހުސްވި މެއި މަހު އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ސަފީރަކަށް އައްޔަންކުރަން ނަން ފޮނުވި އިރު، ފަހުމީ ހުންނެވީ މެލޭޝިޔާގައި ހުންނަވާ ދިވެހި ޑެޕިއުޓީ ހައިކޮމިޝަނާ ކަމުގެ މަގާމުގަ އެވެ.

ފަހުމީ ސީއެސްސީގެ ރައީސްކަމުގެ މަގާމުން ވަކިކުރެއްވީ، އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގަ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު