އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕްރިންސް އަލްވަލީދުގެ ހުރިހައި މިލްކިއްޔާތު ޞަދަޤާތް ކުރައްވަން ނިންމަވައިފި

ޕްރިންސް އަލްވަލީދުގެ ހުރިހައި މިލްކިއްޔާތު ޞަދަޤާތް ކުރައްވަން ނިންމަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ކިންގޑޮމް ޙޯލްޑިންގްސްގެ ޗެއަރމަން ޕްރިންސް އަލްވަލީދް ބިން ޠަލާލް އަވަހާރަވުމަށްފަހު އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރިނަމަ ހުރި ހުރިހައިއެއްޗެއް "ޗެރިޓީ"ގެ ގޮތުގައި ޞަދަޤާތް ކުރައްވަން ނިންމަވައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ނިޝާން އިއްޒުއްދީންގެ މަތިވެރި ވެރިކަމުގެ ޝަރަފު އަރުވާފައިވާ ޕްރިންސް އަލްވަލީގެ މިލްކިއްޔާތުގެ އަގު ކަމަށް ބެލެވެނީ 32 ބިލިއަން ޑޮލަރެވެ.

ސައޫދީއަރަބިޔާގެ ވެރިރަށް ރިޔާޛްގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސް އަލްވަލީދް ވިދާޅުވީ އެމަނިކުފާނުގެ ހުރިހައި މިލްކިއްޔާތެއް ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި "އަލްވަލީދު ފިލަންތްރޮޕިކް ްފައުންޑޭޝަން" އަށް ޖަމާކުރައްވަވާނެ ކަމަށެވެ.

އަލްވަލީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ޘަޤާފީ ގުޅުންތައް ޤާއިމުކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، މުޖުތަމައުތައް ތަރައްޤީކުރުމަށާއި ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގު ފަހިކުރުމާއި ޤްދްރަތީ ކާރިސާތަކުން ސަލާމަތްވާން މަސައްކަތް ކުރުމާއި ދުނިޔޭގައި މިހާރަށްވުރެ އެއްބައިވަންތަ، އެއްބައަކު އަނެއް ބައަކު ޤަބޫލުކުރާ މުޖުތަމައުއެއް އުފެއްދުން ފަދަ ކަންކަމަށް ހޭދަކުރެއްވުމަށް ކަމަށެވެ.

ޕްރިންސް ވިދާޅުވީ ޞަދަޤާތް ކުރުމަކީ މިންގަނޑެއް އޮތް ކަމެއް ނޫން ކަމަށާއި މުޖުތަމައުގައި ހުރި މައްސަލަތައް ރަނގަޅުކުރަން މަސައްކަތް ކުރުމަކީ މުޖުތަމައުގެ އެންމެންގެ ޒިންމާއެއް ކަމަށެވެ.

ޕްރިންސް ވަލީދުގެ ދަރިކަލުން ކަމަށްވާ ޕްރިންސް ޚާލިދް އާއި ދަރިކަނބަލުން ޕްރިންސަސް ރީމް ވެސް ޕްރިންސް ވަލީދު މިކަން އިއުލާނު ކުރެއްެވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޕްރިންސް ވަލީދަށްފަހު ފައުންޑޭޝަން ހިންގަވާނީ އެދެބޭފުޅުންނެވެ.

ޕްރިންސް ވަލީދު ވިދާޅުވީ އެމަނިކުފާނުގެ މިނިންމެވުން ނިންމެވީ "ކީރިތި ޤްރްއާނުގެ ޢާޔަތްތައް ފިޔަވައި" އެހެން އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށެވެ.

ބްލޫމްބަރގް ބިލިއަނަރުންގެ އިންޑެކްސްގައި ބުނާ ގޮތުން ޕްރިންސް ވަލީދަކީ 20 ވަނައަށް ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ނިޝާން އިއްޒުއްދީންގެ މަތިވެރި ވެރިކަމުގެ ޝަރަފު އަރުވާފައިވަނީ 2 ޑިސެމްބަރ 2009 ގައެވެ.

ރައްޖެއަށް ބަލާއިރު ލިޓްލް ހުރާ އަދި ލަނޑާ ގިރާވަރު ހިންގާ ފޯރ ސީޒަންސް ކުންފުނީގެ އެންމެ ބޮޑު ހިއްޞާއެއް އޮންނަނީ ޕްރިންސް ވަލީދަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް