އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބިލު ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ ސަރުކާރުން މި ބިލު ހުށަހެޅުއްވުމުގެ ބޭނުންފުޅަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި ކޮމިޝަނެއް އުފެއްދުން ކަމަށެވެ.

މީގެ އިތުރުން މިހާރު ވަކިވަކީން ހިންގަމުން އަންނަ، މި ބިލް ޤާނޫނަކަށް ވެގެންދާއިރު، މިޤާނޫނުގެ ތަރަހައަށް ފެތޭ ކޮމިޝަންތަކުގެ މަސައްކަތް އެކުލަވާލައި، އަލަށް އެކުލަވާލެވޭ ކޮމިޝަންގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަންގެ މެންބަރުންގެ ޝަރުޠުތަކާއި ސުލޫކީ ހަމަތަކާއި، އެ ކޮމިޝަން ހިންގާނެގޮތުގެ އުސޫލުތަކާއި، އެ ކޮމިޝަންގެ ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުމާއެކު، ކަމާގުޅޭ އެހެން އުސޫލުތައް ބަޔާންކުރުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު