އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދުވަސްވަރު ފެތުރެމުންދާ ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް ނެރުއްވައިފި

މިދުވަސްވަރު ފެތުރެމުންދާ ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް ނެރުއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

މިދުވަސްވަރު ފެތުރެމުންދާ ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާއާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ބަޔާނެއް ނެރުއްވައިފިއެވެ.

.ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިދުވަސްވަރު ފެތުރެމުންދާ ޑެންގީ ހުމާއި ބޭރަށް ހިންގުމާއި އަދި ޙައްޖު ޢުމުރާ ދުވަސްވަރު ފެތުރިދާނެ ތަފާތު ރޯގާތައް ކޮންޓްރޯލްކޮށް، ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ޞިއްޙީ ރައްކާތެރިކަން ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކެއްގެ ސަމާލުކަމަށް ގެނެވި، މިކަންކަމާގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންގެންދާ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ މިގޮތުން، ރަށުތެރޭގައި މަދިރި އާލާވާފަދަ ތަންތަން ހުރިތޯބަލައި އެތަންތަން ނައްތާލުމާއި، ރަށުތެރެ ސާފުކުރުމާއި ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާ އެއްގޮތަށް ފޮގްކުރުން ހިމެނޭ ކއމއށެވެ. އަދި މީގެ އިތުރުން، މިކަމާގުޅިގެން ސަމާލުވާންޖެހޭ ކަންކަމުގެ މަޢުލޫމާތު، ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހުމާއި ރޯގާގެ ބަލިތަކަށް ޚާއްޞަކޮށްގެން ފަރުވާދިނުމުގެ އިންތިޒާމް ސަރުކާރުން މިހާރު ހަމަޖައްސާފައިވާކަމާއި، ދައުލަތުގެ އެކިއެކި އިދާރާތަކާއި މުއައްސަސާތަކުން މިކަމާގުޅޭ ފަންނީ ޓީމްތައް އެކުލަވާލައި މިކަމަށް ޚާއްޞަވެތިބެ މަސައްކަތްކުރާކަން ފާހަގަކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ ތިމާއާއި ތިމާގެ ޢާއިލާ ރައްކާތެރިކުރުމަށް ފަރުދީ އަދި ޢާއިލީ ފެންވަރުގައި ކުރެވެންހުރި ކަންތައްތައްކޮށް، ތިމާއާއި ތިމާ ދިރިއުޅޭ ވެށި ސާފުކޮށް، ޢާއްމު ސާފުތާހިރުކަމަށް ސަމާލުވެ، ޞިއްޙީ ދާއިރާއިންދޭ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރައްވަމުން ގެންދެވުމަށް މިދަނޑިވަޅުގައި އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"ސަރުކާރާއި ރައްޔިތުން ގުޅިގެން އެއް ރޫޙެއްގައި މަސައްކަތް ކުރުމުން، މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު، މިފަދަ ރޯގާ ބަލިމަޑުކަމުން އަޅުގަނޑުމެންނަށް ރައްކާތެރިކަން މިންވަރުކުރައްވާނެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު