އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިލީ ފޮރުވާނެ ގިނަ ކަންތައްތަކެއް ހުރުމުން: އަދީބް

ފިލީ ފޮރުވާނެ ގިނަ ކަންތައްތަކެއް ހުރުމުން: އަދީބް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

"ފިލީ ފޮރުވާނެ ގިނަ ކަންތައްތަކެއް ހުރުމުން" ކަމަށް ޓޫރިޒަމް މިނިސްޓަރ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިޤްޠިޞަދީ ކޮމިޓީގެ ކޯޗެއަރ އަހްމަދު އަދީބް ވިދާޅުވެއްޖެއެވެ.

އަދީބް މިއަދު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ވޯޓުދީގެން ސިޔާސީ މަޤާމުތަކަށް ބޭފުޅުން އިންތިޚާބުކުރަނީ ގަދައަށް މަސައްކަތްކޮށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި މަޖާކޮށް އަރާމުކުރުމަށް ނޫން ކަމަށެވެ.

އަދީބް މިމޭރުމުން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޑރ. މުޙައްމަދު ޖަމީލް އަޙްމަދުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ އަދި ޑރ. ޖަމީލް ރާއްޖެ ދޫކުރައްވައި އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ވަގުތެއްގައެވެ.

މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ތާއީދާއިއެކު މަޖިލީހަށް ވައްދާފައިވާ ޑރ. ޖަމީލުގެ މައްސަލަ ފާސްކުރަން ބޭނުންވާނީ 57 ވޯޓެވެ.

އެހެންކަމުން މައްސަލަ މަޖިލިހުގައި އެޖެންޑާ ކޮށްފިނަމަ ބޮޑު އަޣްލަބިއްޔަތަކުން ފާސްވާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް