އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖު ކޯޕޮރޭޝަނުގެ ފުރަތަމަ ގްރޫޕް އުމުރާއަށް ފުރައިފި

ހައްޖު ކޯޕޮރޭޝަނުގެ ފުރަތަމަ ގްރޫޕް އުމުރާއަށް ފުރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަން މެދުވެރިކޮށް މިއަހަރުގެ ރަމަޟާންމަހު އުމުރާއަށްދާ 311 މީހުންގެ ތެރެއިން 207 މީހުން މިއަދު ހެނދުނު ޖިއްދާއަށް ދިއުމަށް ފުރައިފިއެވެ.

އެމިހުން ފުރާފައިވަނީ ޝްރީލަންކަން އެއަރލައިންސް އިން ނެވެ.

ހައްޖު ކޯޕޮރޭޝަނުން ބުނީ ދެން ތިބި 97 މިހުން މާދަމާ (ހުކުރު ދުވަހު) ހެނދުނު ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދު ފުރި 207 މީހުން އެނބުރި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ހުކުރު ދުވަހު ފުރާ މީހުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހުއެވެ.

ޙައްޖު ކޯޕޮރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅައުއުކޮށް ދުވަހެއް ދުވަހަކަށް ކުރިއަރުވަމުން ގެންދާތީ ގިނަ ބައެއްގެ އިތުބާރު ވެސް ވަނީ ހައްޖު ކޯޕޯރޭޝަނަށް ލިބިފައެވެ.

ރަމަޟާން މަހުގެ އުމުރާއަށް މީހުން ގެންދިއުމުގެ ހުއްދަ ސަރުކާރުން 11 ކުންފުންޏަކަށް ދީފައިވާއިރު އެންމެ ގިނަ ބައަކު ގުޅުނު އަމިއްލަ ދެ ގްރޫޕަށްވެސް ލިބިފައިވަނީ ގްރޫޕަކަށް 150 މީހުންނެވެ.

އެހެންކަމުން ހައްޖު ކޯޕޮރޭޝަން ފަދަ އަދި އުމުރުން އެންމެ އެއް އަހަރުވީ ކުންފުންޏަކަށް 311 މީހުންގެ އިތުބާރު ލިބުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގިނަ ބައަކު ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް