އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދުނިޔޭގައިވާ އެންމެ އަގުބޮޑު އެއްޗަކީ ކީރިތި ޤްރްއާން: ޝައިޚް މުޙައްމަދު ރަޝީދު

މިދުނިޔޭގައިވާ އެންމެ އަގުބޮޑު އެއްޗަކީ ކީރިތި ޤްރްއާން: ޝައިޚް މުޙައްމަދު ރަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

މިދުނިޔޭގައިވާ އެންމެ އަގުބޮޑު އަދި އެންމެ ފައިދާހުރި އެއްޗަކީ ކީރިތި ޤްރްއާން ކަމަށާއި އެ ޙަޤީޤަތް އެއްވެސް ބައަކަށް ބަދަލުނުކުރެވޭނެ ކަމަށް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާފޯރަމްގެ ތެރެއިން ރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ އެންމެ ފުރަތަމަ ސަބަބަކީ ކީރިތި ޤްރްއާނުގައިވާ ކޮންމެ އަކުރަކީވެސް ﷲގެ ޙަޟްރަތުން ބާވައިލެއްވެވުނު އަކުރެއް ކަމަށްވުމެވެ. "ކީރިތި ޤްރްއާނުގައިވާ ކޮންމެ އާޔަތަކީ ﷲގެ ޙަޟްރަތުން ޖިބްރީލްގެފާނު ކައުއިތުރު ރަސޫލާއަށް ގެނެސްދެއްވެވި އާޔަތެއް."

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ކީރިތި ޤްރްއާނަށް މާތްކޮށް ހިތުމަކީ، ކީރިތި ޤްރްއާން ކިޔެވުމަކީ، ކީރިތި ޤްރްއާން މުރާޖައާކޮށް އުނގެނުމަކީ، ކީރިތި ޤްރްއާން އުނގަންނައި ދިނުމަކީ އަދި ކީރިތި ޤްރްއާނަށް އަމަލުކުރުމަކީ އެމީހަކަށް ގިނަ ގުނަ ސަވާބު ލިބޭނެ އަޅުކަން ކަމަށްވާއިރު ކީރިތި ޤްރްއާނަށްވުރެ މާތްކަން ބޮޑު އެހެން އެއްވެސް އެއްޗެއް ދުނިޔޭގައި ނުއޮންނާނެ ކަމަށެވެ.

ސައިންސްގެ ވާހަކަ ދައްކަން މީސްތަކުންނަށް ނުވެސް އެނގޭއިރު، މީގެ 1400 އަހަރުކުރިން ބާވައިލެއްވުނު ކީރިތި ޤްރްއާނުގައި މިޒަމާނުގެ ސައިންސުގެ އެތައް ވާހަކަތަކެއް ހުރުމުން ކީރިތި ޤްރްއާނަކީ އިލާހީ މުއުޖިޒާތެއްކަން ސާބިތުވާތީ އެފަދަ ކަންކަން ދިރާސާކުރާ ގިނަ ސައިންސް ވެރިން ދަނީ ކީރިތި ޤްރްއާން ޤަބޫލުކޮށް އިސްލާމްވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް