އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެރީއަކާއި ޑައިވިން ދޯންޏެއް ޖެހި ދެ އުޅަނދަށް ގެއްލުންތަކެއް ލިބިއްޖެ

ފެރީއަކާއި ޑައިވިން ދޯންޏެއް ޖެހި ދެ އުޅަނދަށް ގެއްލުންތަކެއް ލިބިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ފެރީއަކާއި ޑައިވިން ދޯންޏެއް ޖެހިގެން ބުރާސްފަތިދުވަހުގެރޭ ހިނގި އެކްސިޑެންޓެއްގައި ދެ އުޅަނދަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ނެރުމަތީގައި އެ އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެ އަށް ވަންނަން ދިޔަ ފެރީއަކާއި ހުޅުމާލެ އިން މާލެ އަންނަން ނިކުތް ޑައިވިން ދޯންޏެއް ޖެހިގެން ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެއްމެ މީހަކަށް ކުޑަކޮށް އަނިޔާވިނަމަވެސް އެކްސިޑެންޓުގައި ދެ އުޅަނދަށް ގެއްލުންތަކެއް ލިބިފައިވާ ކަަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެރީ އާއި ޑައިވިން ދޯންޏަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު