އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ ވަސީލަތްތައް ހުރި ވަރުން އެންމެ ފުޅާދާއިރާއެއްގައި ޚިދުމަތް ދިނުމަށް ވިސްނަންޖެހޭ: ސީޕީ

ފުލުހުންގެ ވަސީލަތްތައް ހުރި ވަރުން އެންމެ ފުޅާދާއިރާއެއްގައި ޚިދުމަތް ދިނުމަށް ވިސްނަންޖެހޭ: ސީޕީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ފުލުހުންނަށް ވަސީލަތްތައް ލިބި ހުރި މިންވަރުން ރައްޔިތުންނަށް އެންމެ ފުޅައުދާއިރާއެއްގައި ފުލުހުންގެ ޚިދުމަތް ދެވޭނެ ގޮތްތަކެއް ވިސްނައި އެގޮތަކަށް އަމަލުކުރެވޭނެ އުޞޫލެއް ރާވަންޖެހިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ.

ޙުސައިން ވަޙީދު މިމޭރުމުން ވިދާޅުވީ 'ޕޮލިސް ސްޓްރެޖިކް ފޯރަމް 2015" އިފްތިތާހް ކުރުމަށް އިއްޔެ ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުސައިން ވަޙީދު ވިދާޅުވީ ފުލުހުން މަސައްކަތްކުރާނެ ސްޓްރެޖިކް ޕްލޭނެއް ރާވާއިރު މިހައިތަނަށް ކުރެވިފައި ހުރި ތަޖުރިބާތަކަށް ބަލައި އަދި މަޝްވަރާކުރަންޖެހޭ ފަރާތްތަކާއިއެކު މަޝްވަރާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ލާމަރުކަޒީ އުޞޫލާއިމެދު ގޮތް ނިންމާއިރު އެލްޖީއޭ އާއި އަދި ރައްޔިތުންގެ މަޖިލިހާއި މަޝްވަރާކުރުން މުހިންމު ކަމަށެވެ.

އެކިއެކި މައްސަލަތަކާއި ތަޙްޤީޤް މަރުހަލާ ވީހައި ހަލުއިކަމާއިއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކަށް ވިސްނައި އަދި އެކަމަށް ޤާނޫނީ ގޮތުން ހުރަހެއް ހުރަހެއް ހުރިނަމަ އެކަމެއް ހައްލުކުރެވޭނެ ގޮތްތަކަށް ވިސްނުމަށްވެސް ޙުސައިން ވަޙީދު ވަނީ އެދިވަޑައިގެންފައެވެ.

ޙުސައިން ވަޙީދު ވިދާޅުވީ މިފަދަ ޕްލޭނެއް ރާވާއިރު ފުލުހުންގެ ހުރިހައި ދާއިރާއަކަށް އަމާޒުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން މާލެ އާއި ރާއްޖެތެރޭގައި ހުރި މައްސަލަތަކަށް ވިސްނައި އެންމެ ރަނގަޅު ހައްލެއް ހޯދޭނީ ކޮން ގޮތަކުންކަމާއިމެދު ބަހުސްކޮށް އެންމެ ރަނގަޅު ގޮތާއިމެދު ވިސްނަން ޖެހޭނެ ކަަމަށެވެ.

24 ގަޑިއިރަށް ވުރެ ގިނަ އިރު ބަންދުގައި ބަހައްޓާނަމަ ކޯޓުން ހޯދަން ޖެހޭ އަމުރު ހޯދުމުގައި ކޮންމެ މީހަކު ކޯޓަށް ގެންދިއުމާއި ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ކޯޓާއި މުޢާމަލާތު ކުރުމާއިމެދު ވިސްނުމަށްވެސް ޙުސަިއން ވަޙީދު ވަނީ އެދިވަދައިގެންފައެވެ.

ފުލުހުންގެ ތަމްރީނުތައް އިތުރަށް ހަރުދަނާ ކުރުމާއިމެދު ވިސްނުމަށް ވެސް ޙުސައިން ވަޙީދު ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން މިހާރު ފަދައިން 4 މަސްދުވަހުގެ ބޭސިކް ޓްރޭއިނިންގ އަކުން ނިންމައިލާނީތޯ ނުވަތަ ދިގު މުއްދަތެއްގެ ޓްރޭއިނިންގ އެއް ހަދައި ކޮލިފައިވާ މަދުބައަކު ޚިޔާރު ކުރާނީތޯ ވިސްނުމަށްވެސް ޙުސައިން ވަޙިދު ވަނީ އެދިވަޑައިގެންފައެވެ.

ޢާންމުގޮތެއްގައި ފުލުހުންގެ ހުރިހައި ދާއިރާތަކާއިމެދު ޙުސައިން ވަޙީދު ވަނީ އަލިއަޅުއްވައިލައްވާފައެވެ.

މިރަސްމިއްޔާތުގައި ފުލުހުންގެ ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް