އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަދިރިން ސަލާމަތް ވުމަށް ހުކުރު، ހޮނިހިރު ދުވަހު ޚާއްޞަ މަސައްކަތްތަކެއް ކުރަނީ

މަދިރިން ސަލާމަތް ވުމަށް ހުކުރު، ހޮނިހިރު ދުވަހު ޚާއްޞަ މަސައްކަތްތަކެއް ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ޑެންގޫ ހުން ފެތުރެމުންދާތީ މަދިރިން ސަލާމަތްވުމަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ޑެންގޫ އިން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް ރައީސް ޢަބްދުﷲ ޔާމީން އުފައްދަވާފައިވާ ޓާސްކް ފޯސް އިން ނިންމައިފިއެވެ.

އެގޮތުން ކޮންމެ ރައްޔިތަކުވެސް މިމަސައްކަތުގައި ބައިވެރިވެ އެމީހެއްގެ ގެދޮރާއި ގޯތި ތެރޭގައި ހުރި މަދިރި އުފެދޭނެ ފަދަ ތަންތަން ނައްތައިލުމަށް ހެލްތް މިނިސްޓަރ ޑރ. އިރްތިޘާމް އާދަމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިގޮތުން ޓީޗަރުންނާއި ސްކޫލްތަކުގެ މުވައްޒިފުން ނުކުމެ ސްކޫލްތަކުގެ ގޯތި ތެރޭގައި މިފަދަ ތަންތަން ނައްތައިލުމަށް މަސައްކަތް ކޮށްދިނުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.

މިކަމާ ގުޅޭ ޚާއްޞަ މަސައްކަތްތަކެއް ހޮނިހިރު ދުވަހު 10:90 އިން 12:00 އަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެމަސައްކަތުގައި ހުރިހައި ރައްޔިތުން ބައިވެރިވެދިނުމަށް އިރްތިޝާމް އާދަމް ވަނީ އެދިވަދައިޮގެންފައެވެ.

ހެލްތް މިނިސްޓްރީން ބުނީ މިހަފްތާގައި ހުން އައިސްގެން ޑޮކްޓަރުންނަށް ދެއްކި މީހުންގެ އަދަދު ކުރީ ހަފްތާއަށްވުރެ މަދު ކަމަށާއި ނަމަވެސް އެއީ މައްސަލަ ހައްލުވީކަމަށް ބަލައި އަޅައިނުލައި ތިބެވެން ނެތް ކަމަށެވެ.

ޑެންގޫ ފަތުރާ މަދިރި އެންމެ ގިނައިން އުޅޭ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި އެކަމަށް ސަމާލުކަން ދިނުމަށާއި ވީވަރަކުން ބޭރަށް ނުކުމެ ނުއުޅުމަށް ހެލްތް މިނިސްޓްރީން ދަނީ އިލްތިމާސްކުރަމުންނެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނުކުމެ އުޅުނު ނަމަވެސް މަދިރިއަށް ސަމާލުކަން ދިނުމަށްވެސް ދަނީ އިލްތިމާސްކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް