އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢުމުރާ ވުމުގެ ރެކޯޑް މުގުރާލައި 16 ދުވަސް ތެރޭ 14 މިލިއަން

ޢުމުރާ ވުމުގެ ރެކޯޑް މުގުރާލައި 16 ދުވަސް ތެރޭ 14 މިލިއަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު



ޢުމުރާ ވުމަށް މައްކާއަށް ދިއުމުގެ ރެކޯޑް މުގުރާލައި ރަމަޟާން މަހުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި 14 މިލިއަނަށްވުރެ ގިނަ މީހުން އުމުރާ ވެއްޖެއެވެ.



ސައުދީ ހައްޖު މިނިސްޓްރީން ބުނީ މިއަދަދުގެ ތެރެއިން 5 މިލިއަނަށްވުރެ ގިނަ މީހުންނަކީ ބޭރު ޤައުމުތަކުން އުމުރާއަށްވުމަށް ދިއަ މީހުން ކަމަށެވެ. 42،000 އަށްވުރެ ގިނަ މީހުން އުމުރާވުމަށް މިރަމަޟާންމަހުގެ ފުރަތަމަ 16 ދުވަހު ކަނޑުމަގުން ވަނީ ސައުދީގެ ދެ ޕޯޓަކަށް ގޮސްފައެވެ.



ސައުދީ އިދާރާތަކުން ބުނީ މިއީ ކުރީ އަހަރުގެ ރަމަޟާންމަހުގެ މިމުއްދަތާއި އަޅަައިބަލާއިރު 40 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. މިއަދަދުތައް ހާމަކުރީ ކަމާއިބެހޭ ހުރިހައި ފަރާތްތަކެއްގެ މެދުގައި، މައކާގެ ގަވަރނަރުގެ ހާޟިރުގައި މަޝްވަރާކުރުމަށްފަހުގައެވެ.



މައްކާގެ ގަވަރުނަރު ޕްެރިންސް ޚާލިދް އަލް ފައިޞަލް ގެންދަވަނީ އުމުރާ ވުމަސްދާ މީހުންގެ ކަންކަން ވަރަށް ގާތުން ަބައްލަވަމުންނެވެ.



އުމުރާއަށްދާ މީހުންގެ ކަންކަން ބަލަަހައްޓާ ކޮމިޓީން ލަފާކުރާ ގޮތުގައި ރަމަޟާންމަހުގެ 30 ދުވަހުގެ ތެރޭގައި މަދުވެގެން 25 މިލިއަން މީހުން ޖިއްދާއިން މައްކާއަށް އަދި މައްކާއިން ޖިއްދާއަށް ދަތުރުކުރާނެއެވެ. މިމަސައްކަތްތަކުގައި 650.000 ވެހިކަލް މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް