ހަރަމްފުޅުގެ އިމާރާތްކުރަމުން ގެންދާ ބައެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު



މައްކާގެ ހަރަމްފުޅުގެ އިމާރާތްކުރަމުން ގެންދާ ބައެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.



ހޯމަ ވިލޭރޭ ދަންވަރު 2:00 ހައިިރު މިހާދިސާ ހިނގާފައިވަނީ ހަރަމްފުޅުގެ ބައެއްގެ އެންމެ މަތީ ޤުއްބު ކައިރީގައި ހިނގި ކަރަންޓް ޝޯޓުވުމުގެ މައްސަލައަކާއި ގުޅިގެންނެވެ.



މިހާދިސާގައި ފަސް މީހަކަށް އަނިޔާވެފައިވާއިރު އެއިގެތެރޭގައި ހިމެނެނީ 3 މަސައްކަތު މީހުންނާއި ސެކިޔުރިޓީ އޮފިސަރަކާއި އަދި ސިިލް ޑިފެންސް ފޯސްގެ މީހެކެވެ. މިއީ އިމަރާތް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ބައަކަށްވަތީ އުމުރާވުމަށް ގޮސް ތިބި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.





އަލްޖުމައިޒާ ސަރަހައްދުގައި ހުރި، އުމުރާއަށް ގޮސް ތިބި މިހުން ތިބޭ ހޮޓަލެއްގައި ހިނގި ކަރަންޓުގެ މިފަދަ ހާދިސދާއަކާއި ގުޅިގެން ސިވިލް ޑިފެންސް ފޯސް އިން ވަނީ 23 މީހުން ސަލާމަތްކޮށްފައެވެ.



ސިވިލް ޑިފެންސް ފޯސް އިން ގެންދަނީ މައްކާ އާއި މަދީނާގައި ހިނގައިފާނެ ކޮންމެ ކަމަކުން މީހުން ރައްކައުތެރިކޮށް ހިމާޔަތްކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް