އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުލާއި އަމަލުތައް ސިދާކުރާށެވެ.

ދުލާއި އަމަލުތައް ސިދާކުރާށެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

ވިސްނައިލުން ހުއްޓެވެ. ބައެއް މީހުންނަކީ ވަރަށް މާތް މީހުންނެވެ. އެމީހުންގެ މުޅި ހަޔާތް ﷲ އަށްޓަކައި ހޭދަކުރާ މީހުންނެވެ. ﷲ އެންގެވިގޮތުގައި އަމަލުކުރާ މީހުންނެވެ.



ތިބާގެ ދުލުން އެފަދަ މީހަކަށް ކުޑަމީސް ބަހެއް ބުނިންހެއްޔެވެ؟ އެފަދަ މީހަކަށް އިހާނެތިކަމެއް ކުރިން ހެއްޔެވެ؟ އެފަދަ ކަމެއް ތިބާއަށް ކުރެވިފައިވާނަމަ އެއަަމަލު ތިބާއާއި ދިމާއަށް އެނބުރި އައުމަކީ އެކަށީގެންވާ ކަމެކެވެ. ތިބާއަށް މުޞީބާތެއްގެ ސިފައިގައެވެ.



ބައެއް ފަހަރު މުޞިބާތްތައް އަހަރެމެންނަށް ކުރިމަތިވާ އެއް ސަބަބަކީ މާތް މީހުންނާއިމެދު ބުނެވޭ ބަދު ބަސްތަކެވެ. ނަތީޖާއެއްގެ ގޮތުން އަހަރެމެންނަށް މުޞީބާތްތައް އުފުލަންޖެހެއެވެ.



މިވެނި މީހަކު މިވެނިކަމެއްކުރީ މިހެންވެގެންކަމަށް ނުބުނާށެވެ. އޭނާ އެކަންކުރީ ކީއްވެގެންކަން ތިބާއަށް އެނގެނީ ކިހިނެއްހެއްޔެވެ؟ "އެހާލަތުގައި ﷲ އެމީހަކަށް ލޯބިވެވޮޑިގެންވާ މީހާއަށް ތިބާކުރި ކަންތަކަށް ﷲ ނުރައްސަވައިފާނެއެވެ. ﷲގެ ރަސޫލާ ހަދީޘްފުޅު ކުރެއްވެވީ އެކަލޭގެފާނުގެ މިތުރަކަށް ނުބައިކަމެއް ކުރި މީހާއައިދެކޮޅަށް ހަނގުރާމަ އިއުލާނުކުރައްވަވާ ކަމަށް."



ބައެއް މީހުންނަށް ބުނެވޭ ބަސްތަކުގެ ސަބަބުން މަދު ދުވަސްކޮޅެއްގެ ތެޜޭގައި އެމީހަކު ތިރިވެގެންދާތަން ވަނީ ފެނިފައެވެ. އެބައިމީހުންގެ ކަންކަން ދަށަށްދިއަމިންވަރު ބޮޑުކަމުން ހަޤީޤަތުގައި އެމީހުންނަށް އެކަންކަން މެދުވެރިވި ސަބަބު އެމީހުންނަށް ވިސްނަންވެސް ނުއެނގެއެވެ. އަދި ސަބަބު އެމީހުންނަށް ނުވެސް ވިސްނޭނެއެވެ.



މިފަދަ ހާލަތުގައި ތިބާގެ އަމަލުތަކާއިމެދު ތިބާއަމިއްލައަށް ވިސްނައިލާށެވެ. ރޭގަނޑު އެކަނިހުރެއެވެ.



ތިމާގެ އަމަލުތަކަށް ވިސްނައިލާށެވެ. ތިމާގެ އަތުގައި ހުރި ޒަކާތް ވާޖިބުވާ ފައިސާ އާއި މުދަލަކީ ތިމާގެ ހައްޤެއް ނޫނެވެ. އެއިގައި ﷲގެ ހައްޤުތަކެއްވެއެވެ. ފަޤީރުންނާއި މިސްކީނުންނާއި އެހެންވެސް އެތައް ބައެއްގެ ހައްޤުތަކެއް އެއިގައިވެއެވެ.



ތިބާ ޒަކާތް އެއިގެ ޙައްޤުވެރިންނަށް އަދާކޮށްފިން ހެއްޔެވެ؟ ޒަކާތްބެހީ އެއިގެ ހައްޤުވެރިންނަށްކަން ކަސަވަރުކުރިން ހެއްޔެވެ؟ ނެރެންޖެހޭ ފުރިހަމައަށް ހިސާބުކޮށް ނެރެންޖެހޭ އަދަދު ނެރުނިން ހެއްޔެވެ؟



މީސްތަކުންނާއިމެދު ރަނގަޅު ނޫން ގޮތުގައި ވިސްނަން ހެއްޔެވެ؟



ތިބާގެ ހާސިގަނޑުގައި ހުރި މައްސަލަ އާއި މިކަންކަމާއި ސީދާ ގުޅުމެއް ނެތިދާނެއެވެ. ނަމަވެސް ވިސްނައިލާށެވެ. ތިބާގެ އަމަލުތަކުގެ ސަބަބުން ﷲ ތިބާއާއި "ހަނގުރާމަ އިއުލާނުކުރެއްވެވީ" ކަމަށްވެދާނެއެވެ.



ވިސްނާށެވެ. ﷲ އަކީ އެންމެ ދީލާތިވަންތަ، އެންމެ އޮގާތެރިވަންތަ ރަސްކަލާނގެއެވެ. ނަމަވެސް ވިސްނާށެވެ. ކަލޭގެ މައްސަަލައިގެ 3 ވަނަ ފަރާތަކީ އެފަދަ ދީލަތި، އޯގާތެރިފަރާތެއް ނޫނެވެ.



އަހަރެން މީސްތަކުންގެެ ކިބައިން އެދި އާދޭސްކުރަމެވެ. ތިއަބައިމީހުންގެ ހިތްތައް ސާފުތާހިރުކުރުމަށެވެ.



މިނީ ސްކަރޓެއްލައިގެން ހުރި ކޮންމެ އަންހެނަކީ ހަށިވިއްކާ އަންހެނެއްކަމަށް ހީނުކުރާށެވެ. އޭނާ އެކަން ކުރިނަމަވެސް އެއީ ތިބާގެ މައްސަލައެއް ނޫނެވެ. އެހެންވީމާ އެއީ ތިބާއަށް ނުއެނގިހުރެ އޭނާއަށް ނަފްރަތުކުރަންވީ ސަބަބެއް ނޫނެވެ.



މީހަކު ނައިޓްކްލަބަކަށް ވަންނަނިކޮށް ފެނިދާނެއެވެ. ނަމަވެސް އޭނާ އެތަނުގައި ކުރާކަމެއް ނުއެނގި ނަފްރަތު ނުކުރާށެވެ. އޭނާއެތަނަށްވަނީ އެތަނުގައި އިން މީހަކު އެތަނުން ނެރެންކަމަށްވެސް ވެދާނެއެވެ. އެހެންވީމާ ހަޤީޤަތް ނުއެނގި މީހުންނަށް ނަފްރަތު ނުކުރާށެވެ. މީހުންނާއިމެދު ނުބައިކޮށް ނުވިސްނާށެވެ.



މިކަމުގެ ނުކުންނަ މައްސަލައަށް ވިސްނާށެވެ. އެމީހާ އެތަނަށް ވަނީ ނުބައިކަމެއް ކުރަންކަމަށްވެސް ވެދާނެއެވެ. ތިބާ އެމީހާ އާއިމެދު ބުނާ ނުރަނގަޅު ބަހުން އޭނާއަށް ސުވަރުގެއެއް ނުވެއްދޭނެއެވެ. ނަމަވެސް އެބަހަކީ ތިބާ ސުވަރުގެ ވަނުމަށް އެޅޭ ހުރަހަކަށްވެދާނެއެވެ.

"ސުވަރުގެއަކީ މުޑުދާރު ހިތްތަކަށް ހުރި ތަނެއް ނޫން. ތިބާމެންގެ ހިތްތައް ސާފުކުރޭ. އެކަކު އަނެކަކުދެކެ ﷲ އަށްޓަކައި ލޯބިވޭ، އެއިރުން ސުވަރުގެ ވަދެވޭނީ."



ދެމީހެއްގެ މެދުގައި ހިނގާފައިވާކަމަކާއިމެދު ކަމުގެ ދެފަރާތް ރަނގަޅަށް އޮޅުން ނުފިލުވައި، އެކަކުގެ އަޑުއަހައި އަނެކަކަށް ނަފްރަތު ނުކުރާށެވެ.



މިޒަމާނަކީ މީހުން އާންމުކޮށް ތެދުހަދާ ޒަމާނެއް ނޫނެވެ. އެކަމަށް ވިސްނަންޖެހޭނެއެވެ. ޤާނޫނީ ވަކީލުން މެދުވެރިކޮށް ކުރާ އެގްރިމަންޓްތަކަށްވެސް މިއުޅެނީ އަމަލުނުކޮށްގެންނެވެ. ވީމާ އިތުބާރު ކުރެވޭނީ ކާކަށް ހެއްޔެވެ؟



ވިމާ ސަމާލުކަންދޭންވީ އެހެން މީހުންގެ ކަންކަމަަކަށް ނޫނެވެ. ތިމާގެ ވާޖިބުތައް އަދާކުރުމަށެވެ. ވަގުތުޖެހުމުން ނަމާދު ކުރުމަށެވެ. ތިމާގެ ވާޖިބުތައް ފުރިހަމައަށް އަދާކުރެވިފައިވާނަމަ އެކަމުގެ ހިތްހަމަޖެހުން ތިމާއަށް އޮންނާނެއެވެ. ﷲގެ ހަފްރަތުގައި ފުއްސެވުމާއި ދިންނެވުމަށް އެދި ދެންނެވުމުގެ ފުރުޞަތު ބޮޑުވާނެއެވެ.



އުމުރުން ދުވަސްވެ ގައިބާރު ދެރަވަންދެން މަޑުނުކުރާށެވެ. ގައިގައި ވަރުހުއްޓައި ހެޔޮ އަމަލުތައް ކުރަން އަވަސްވެގަންނާށެވެ. ތިބާއަށް ﷲގެ ހަޟްރަތުން ރަނގަޅުގޮތްތައް މެދުވެރިވާނީ އެއިރުންނެވެ.



(މުފްތީ އިސްމާޢީލް މެންކުގެ ދަރުސެއްގެ ޚުލާސާ ތަރުޖަމާ)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު