އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަރަމްފުޅުގެ ކިންގ ޢަބްދުލްޢަޒީޒް ދޮރާށިކޮޅު ބަންދުކޮށްފި

ހަރަމްފުޅުގެ ކިންގ ޢަބްދުލްޢަޒީޒް ދޮރާށިކޮޅު ބަންދުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މައްކާގެ ހަރަމްފުޅުގެ އެންމެ ބޮޑު އެއް ދޮރާށިކޮޅު ކަމުގައިވާ ކިންގ ޢަބްދުލްޢަޒީޒް ދޮރާށިކޮޅު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ޙަރަމްފުޅުގެ ދޮރާށިކޮޅުތަކަށް ބަލާއިރު 95 އަށްވުރެ ދޮރާށިކޮޅުތަކަކީ ކޮންމެ ބޭފުޅަކަށް ނަންދެވިފައިވާ ދޮރާށިކޮޅުތަކެކެވެ. އެއްވެސް ނަމެއް ނުދެވޭ ދޮރާށިކޮޅުތަކެއްވެސް ހުރެއެވެ.

އެދޮރާށިކޮޅު ބަންދުކުރީ ހަރަމްފުޅުގެ ސަރަހައްދު ބޮޑުކުރުމަށް ސަލްމާން ރަސްގެފާނު ދާދިފަހުން އިފްތިތާޙް ކުރެއްވެވި މަޝްރޫއު ކަމަށްވާ ހަރަމްފުޅު ބޮޑުކުރުމުގެ 3 ވަނަ މަޝްރޫއު ފެށުމަށެވެ.

އޮގަސްޓްމަހުގެ މެދެއްހައިތަނަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއު ނިމުމުން އިތުރު އެތައް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މަސައްކަތް ވީހައި އަވަހަކަށް ނިންމުމަށްޓަކައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ަމަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސަލްމާން ރަސްގެފާނު އިފްތިތާޙްކޮށްދެއްވެވި ޙަރަމްފުޅު ބޮޑުކުރުމުގެ 3 ވަނަ މަޝްރޫއަކީ ގިނަ ކަންތައްތަކެއް ހިމަނައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެއިގެތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ ހަޖޫން އާއި ޖަރުވަލް އާއި ހަރަމް ފުޅު ބިމުގެ އަޑިން ގުޅުުވައިލަދޭ 5،300 މީޓަރު ދިގު މަގެވެ.

މިމަގުގެ ސަބަބުން ހަރަމްފުޅަށް ދިއުމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބޭނެއެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ހިނގައާފައި ފަސޭހަކަމާއިއެކު ދެވޭގޮތް ވުމުން މަގުތަކުން ޓްރެފިކް ވަރަށް ބޮޑަށް މަދުވާނެއެވެ.

ޖަރުވަލް އިން ހަރަމްފުޅަށް މިހާރުވެސް ޢާންމުގޮތެއްގައި 30 ވަރަކަށް މިނިޓުން ދެވެއެވެ. އެހެންކަމުން މިފަދަ މަގެއް ހަމަޖެހުމުން ފަސޭހަކަމާއިއެކު އެއަށްވުރެ މާއަވަހަށް ދެވޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް